ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު
ރާއްޖޭގައި ވިޔަފާރިތަށް ކުރިނާރައިގެން އުޅެނީ ވިޔަފާރިތައް ހިންގުމަށް ސަރުކާރުން ދަތިކުރާތީ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިޔަފާވެރިޔާ ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު، ޗެއާމަން ޖާބިރު ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރަން ވަރަށް ދަތި ކަމަށާއި، ވިޔަފާރިތަށް ކުރިނާރައިގެން އުޅެނީ ވިޔަފާރިތައް ހިންގުމަށް ސަރުކާރުން ދަތިކުރާތީ ކަމަށެވެ. ވިޔަފާރިތަކާ ގުޅޭ ގިނަ އިޖުރާއަތްތަކެއް ރަނގަޅު ކުރަންޖެހޭ ކަމަށާއި، ހުރިހާ އިޖުރާއަތްތައް ހުރީ ވިޔަފާރި އާއި މުޅިން އިދިކޮޅަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދުނިޔޭގެ ވިޔަފާރިތައް ހާދަ ފަސޭހަކޮށޭ އޮންނަނީ، އެހެންވީމާ ވަޒީފާގެ ބާޒަރުތައް އުފެދިގެންދަނީ، މިއީ ޒާތީވެގެން ދައްކާ ވާހަކަތަކެއް ނޫން، ތަޖުރިބާގެ އަލީގައި މި ވާހަކަ މިދައްކަނީ. ވިޔަފާރިކުރާތާ ތިރީސް އަހަރުވެއްޖެ ހާދަހާ އުދަނގުލޭ މި ރާއްޖޭގައި ވިޔަފާރިއެއް ކުރަން، މިރާއްޖެ ނޫންތަނަކަށް އަޅުގަނޑުމެން ކަހަލަ ބަޔަކު ލައްވާލިނަމަ މިހާރު ތިބޭނީ ޓްރިއަލް ޑޮލަރުގެ އޮޕަރޭޝަންގައި މިރާއްޖޭގެ ސަރުކާރުތަކުން ދަތިކުރާވަރުން، ސަރުކާރު ތަކުން ތާށިކުރާތީ ވިޔަފާރިތައް ކުރި ނާރަނީ، ސަރުކާރުތަކުން ހިތުހުރިހާ ގޮތަކަށް ހަދާގޮތަކަށް މިކަން މިއޮންނަނީ." ޔޮޓް ޓުއާސްގެ ޗެއާމަން އަބުދު ﷲ ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމާއި ގެސްޓް ހައުސްތައް ހުޅުވާލައި ވިޔަފާރީގެ އާ ގޮތްތަކާއި މަނިޓަރީ ނިޒާމެއް އޮންނަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. ވިޔަފާރިތަކާއި ބެހޭ ގާނޫނުތައް އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެމްއެމްއޭ އިން ގަވާއިދުތަށް ހަދަނީ ވިޔަފާރިތަކަށް ދަތިވާގޮތަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

" މިއަދު ރާއްޖޭގެ ގެސްޓް ހައުސްތަކާއި އަލުން ހުޅުވާލެވޭ ޓޫރިޒަމް، އާގޮތްތަކަކަށް ހުންނަންޖެހޭއިރު އާ ސިސްޓަމްތަކެއް އަޅަން އެބަޖެހޭ، އާ ގޮތަކަށް މި އޮންނަނީ ހުރިހާ ކަމެއް ނިއްމާފައި ސަރުކާރުން ހުރިހާ އެންމެން ތާށިކޮށް ބަހައްޓާފައި ނަގަންޖެހޭ އެއްޗެހި ފުރިހަމަ އަށް ނަގާފައި ބޭންކް ތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހޫނުކޮށް އަޅަމުންމިދަނީ މީހުންގެ މުދާތައް ނަގައި ނުއަގުގައި ވިއްކައި، އެކަންކަން ކުރާއިރު ކޮބާާތޯ އެމްއެމްއޭ؟ ކޮބާތޯ އެތަނުން ދިން ލައިސަންސް؟" ޖާބިރު ސުވާލު ކުރެއްވިއެވެ.

ވިޔަފާރިވެރިޔާ ޗެއާމަން ޖާބިރު އާންމު ގޮތެއްގައި މަޖިލީހުގެ ތަޅުމުގައި މިފަދަ ވާހަކަތައް ދައްކަވަނީ އަމިއްލަފުޅު ކޮންމެވެސް މަސްލަހަތެއްގައިކަން ފާހަގަ ކުރެވިފައިވާއިރު އިއްޔެ މިވާހަކަ ދައްކަވާފައި މިވަނީ ސީދާ ކޮންކަމަކާއި ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ށަސާ

21-Oct-2020

ދާރިއޯ އެންޑް ދާރިއޯ ސަފާރީ ހަނދާނެ އެބަހުރިތޯ އޓަލީ މީހަކާ އެއްކޮށް ހުރާގަ ބައިން އެމީހާ ކޮބާމިހާރު އޭނަގެ ޕަސެންޓް ކޮބާ



ޓްރެންޑިން