އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާތާ އެއް މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިއްމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ 171 ބައްދަލުވުމުގައެވެ.

ކައުންސިލް އިންތިހާބު ބާއްވާތާ އެއް މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ފެންނަ ކަމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި 55 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ސަރުކާރުން ފަސް ކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް އެ އިސްލާހު ރައީސް ވަނީ ތަސްދީގު ކުރަށްވާފައެވެ. އަލަށް އެކުލަވާލި ކައުންސިލް އިންތިޚާބާބެހޭ ޤާނޫނަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވާ ނިންމަންޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން