އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމަށް، ކުރީގެ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ޚާއްސަ މަންދޫބު ސަބްރާ ނޫރައްދީން ތާއީދު ކުރައްވައިފިއެވެ.
ސަބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީކާއީލަށް ތާއީދު ކުރައްވަނީ އެމްޑީޕީގެ މުއްސަނދި ތާރީޚަށް އިހްތިރާމު ކުރަމުން، ޕާޓީގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރުމުން ކަމަށެވެ.
އަދި އެމްޑީޕީ މިއަދު އޮތް ހިސާބަށް ގެނައުމަށް އެންމެހައި ފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތްތައް މީކާއީލް ބަލައިގަންނަ ކަމަށާއި، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި ކުރިއަށް ގެންދިއުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަބްރާ ވަނީ ތައުރީފު ކުރައްވާފައެވެ.
މި އިންތިޚާބުގައި މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ މުހައްމަދު ނަޝީދެވެ.
ޖޫން 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ޕާޓީގެ ކުރިމަގާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

CPV
ކިޔުންތެރިންގެ ހިޔާލު