ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނަރަލް ނިންމެވި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 1:00ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެންޓިލޭޓަރ މައްސަލައިގައި ޕީޖީ އޮފީހުން ނިންމެވި ނިންމުމުގެ ތަފްސީލް ހާމަކުރާނެކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމަވާފައެވެ.

ޕީޖީ އޮފީހުގެ މި ނިންމުން އައިސްފައި މިވަނީ މިމައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނިކޮށެވެ. އެމައްސަލައިގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއެކު ޖުމްލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން