އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު، އެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭނަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ސިޓީގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި، މީކާއީލަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލްގެ ކެމްޕޭނަށް ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ފަރާތްތަކަކުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
މި އިންތިޚާބަކީ ޕާޓީގެ ކުރިމަގާ ގުޅުންހުރި މުހިންމު އިންތިޚާބެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި އިންތިހާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދަނީ ވާދަކުރަމުންނެވެ.

CPV
ކިޔުންތެރިންގެ ހިޔާލު