އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ތާއީދުކުރައްވައިފިއެވެ.
އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން، އައްޑޫ މަރަދޫގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އަސްލަމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައިވެރިވެވަޑައިގެން މީކާއީލަށް ތާއީދު ކުރައްވާކަން އިއުލާނު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ވަކި ފަރުދެއްގެ ފަހަތުން އަރައި، ގާނޫނީ އޮނިގަނޑުން ބޭރުން ކަންކަން ކުރުމަކީ ބޯދާ ޒަމާނުގެ އުސޫލުތަކެއްކަން ފާހަގަކުރައްވައި، އަސްލަމް ވިދާޅުވީ ވެވޭ މުއާހަދާތަކާއި އެއްބަސްވުންތަކަށް ވަފާތެރިވުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެމްޑީޕީގެ ކުރިމަގަށްޓަކައި މީކާއީލްގެ ފަރާތުން އުންމީދު ކުރައްވަނީ އެފަދަ ޒިންމާދާރު އަމަލުތަކެއް ކަމަށް ވިދާޅުވެ، އަސްލަމް ވަނީ އޭނާގެ ފުރިހަމަ ތާއީދު މީކާއީލަށް އޮތްކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލައި އެކަތިގަނޑަކަށް ވެގެން ކަމަށެވެ.
އެގޮތުން، 2023 ވަނަ އަހަރުގެ އިންތިހާބުގެ ނަތީޖާ ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޕާޓީގެ އެއްވެސް މެންބަރަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަކާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ލީޑަރަކީ މީކާއީލް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ މީކާއީލް ޗެއާޕާސަން ކަމަށް އިންތިހާބު ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

CPV
ކިޔުންތެރިންގެ ހިޔާލު