ހޯމަދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހޯމަދުވަހުގެރޭ އައްޑޫ ސިޓީގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ހޯމަދުވަހުގެރޭ ހިނގި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން