ކޯވިޑް-19އާ ގުޅިގެން ގެނައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުންނަށް ދައުވާ ނުކުރުމަށް ނިންމީ، އެމައްސަލަ ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް ނެތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަހުޤީޤުން ފެންނަން ނެތްކަމަށެވެ. އަދި މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި އޭސީސީއާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެކުރިން ޕީޖީއޮފީހަށް އެކަން އަންގަވާފައި ނުވާކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އޭސީސީން ތަޙުޤީޤުކޮށް ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތްކަންވެސް ފާހަގަކޮށްފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގައި މިނިސްޓަރ ޢަބްދުﷲ އަމީން ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި ނުވާކަމަށް އޭސީސީގެ ރިޕޯޓްގައިވެސްވާކަމަށެވެ.
އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. ނަމަވެސް އޭސީސީގެ ތަހުޤީޤުގެ ފެންވަރާ މެދު މަޖިލީހުގެ މެމްބަރުންނާއި ޕީޖީ އޮފިޝަލުން ދަނީ ސުވާލު އުފައްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު