އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިނިސްޓަރ އަމީންގެ އިތުބާރުނެތްކަމަށް ވޯޓު ދެއްވީ 27 މެންބަރުންކަމަށް ވޯޓުގައި ބައިވެރިވި މެމްބަރަކު ވިދާޅުވިއެވެ. 31 މެމްބަރަކު ވޯޓް ދެއްވީ އަމީނަށް އިތިބާރު އޮތްކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި އަމީންގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގާފައި މިވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ ކުރިން މެމްބަރުންގެ ހިޔާލު ހުރި ގޮތް ބެލުމަށެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ ޕާލިމެންޓަރީ ގްރޫޕަށް ހުށަހަޅާ، ފާސްކޮށްގެނެވެ.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ އިތުބާރު އޮތްތޯ އެމްޑީޕީގެ ޕީޖީ ގްރޫޕުން ބަލާފައި މިވަނީ މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ޚިޔާލު ހުރިގޮތް ބެލުމަށެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާތީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލިމަނިކު

21-Oct-2020

މުޅި އޮޑީގަ ހުސް ވަގުން


-7

މޫސަ

21-Oct-2020

ހުސް ވަގުން


9

ހަސަން

21-Oct-2020

ވަގުނާވާނީ ހަމަ ވަގުންނާ


6

އައްބެ

21-Oct-2020

ބައި އެޅިގެން ހިންގާ ކަމެއް ސީދާ ރާވައިގެން ކުޅޭ ޑުރާމާ އެއް



ޓްރެންޑިން