އަލީ ރަމީޒް
އަލީ ރަމީޒް
މިއުޒިކްގެ ދާއިރާއިން ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގެންފައި ވަނިކޮށް، އިސްލާމް ދީނަށްޓަކައި މިއުޒިކްގެ ދާއިރާއިން ދުރަށް ވަޑައިގެންނެވި އަލީ ރަމީޒް އޭރު ވިދާޅުވެފައިވާ ހުރި ލަވަތަކާއި، ވީޑިއޯތައް އަދި ފޮޓޯތައް ބޭނުން ނުކުރުމަށް އޭނާ ވަރަށް އާދޭހާއެކު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އަލީ ރަމީޒު މިއަދު ފޭސްބުކުގައި ކުރަށްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއުޒިކާއި ލަވައިން އޭނާ ދުރުވީ އެފަދަ ކަންކަމަކީ ކީރިތި ގުރުއާނުގެ ސައްހަ މަފްހޫމުން އަދި ސަހާބީންނާއި ތަބީއީންގެ ތަފްސީރުތަކުގައާއި، ކީރިތި ގުރުއާނުގެ އެއް އާޔަތަށްވުރެ ގިނަ އާޔަތްތަކުގައި އެކަންކަމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން ބަޔާން ކުރައްވާފައި ވުމާއިއެކު ކީރިތި ރަސޫލާ (صلي الله عليه وسلم)ގެ އެތައް ހަދީސް ފުޅަކުން އެކަންކަން ކަނޑައެޅިގެން ހަރާމްވެގެންވާކަން ސާބިތިވާތީ ކަމަށެވެ.

އަދި މަޝްހޫރު ހަތަރު ފިގްހީ މަޒްހަބުން ވެސް އެކަންކަމަކީ ކަނޑައެޅިގެން ހަރާމް ކަމެއްކަން އިތުބާރުހުރި އިލްމުވެރިންގެ ބަސްފުޅުތަކުން ޝައްކެއް ނެތް މިންވަރަށް އޭނާ އަށް އެނގި ކަށަވަރުވެފައިވާ ކަމަށާއި، މިފަދަ ނުބައިކަން ބޮޑުވެގެންވާ ފާފަ އަކާއި ދުރުކޮށްދެއްވީތީ އަބަދަށް ﷲ އަށް ހަމްދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އޭނާ އަކީ ﷲ އަށްޓަކާ މިއުޒިކް އަށް އިންތިހާ އަށް ނަފްރަތުކުރާ މީހެއްކަމަށާއި، އަދި އެގޮތުގައި ދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަނބިދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާ މީހެއް ކަމަށް އަލީ ރަމީޒް ވިދާޅުވެފައި ވެއެވެ.

އަދި އޭނާ ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ އަދި ރޭޑިއޯތަކުން ފޮނުވުމާއި، އެތަކެތިން ވިޔަފާރިކުރުމާއި، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއިން ވިޔަފާރިކުރުމާއި، ސޯޝަލް މީޑިއާގެ އިތުރުން އެހެން އެއްވެސް ވަސީލަތެއްގައި ލަވަތައް ފެތުރުމާއި، އޭނާގެ މިއުޒިކް ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް އަލީ ރަމީޒު ވަނީ އެދިވަޑައިގެންފައެވެ.

"އެކަމަކީ އަޅުގަނޑަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެކެވެ. އަދި އަޅުގަނޑަށް ދެވޭ އަނިޔާއެކެވެ. ވީމާ މިފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެންމެހައި ބޭފުޅުންގެ އަރިހުން އަޅުގަނޑު އާދޭސް ދަންނަވަމެވެ." އަލީ ރަމީޒުގެ ޕޯސްޓްގައިވެއެވެ.

އަލީ ރަމީޒް ވިދާޅުވީ ޖާހިލުކަމާއި ނޭގުމުގެ ތެރޭގައި މާޒީގައި ހިނގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައި އަމަލުތަކުގެ ފަތް ބުރަ ކުރުމުގެ ބަދަލުގައި، ގާފިލުކަމުގެ ނިދިން ހޭލައި މިއުޒިކް ކުޅުމާއި، އަޑު އެހުން ފަދަ ހުތުރުކަން ބޮޑުވެގެންވާ ފާފަތަކުން ދުރުވެ ﷲގެ މަގަށް ރުޖޫޢަވެ، ނުބައިކަމުގެ މަގުތައް ބަންދުކުރުމަށް ހެޔޮމަގުގައި ހުރި މުސްލިމް އަޚެއްގެ ހައިސިއްޔަތުން އޭނާއަށް އެހީތެރިވުމަކީ މިއަދު އޭނާ ކުރައްވާ ވަސިއްޔަތެއް ކަމަށެވެ.

މީގެ އެތަކެއް އަހަރު ކުރިން ލަވަކިއުން ހުއްޓާލައްވައި އިސްލާމްދީން ފެތުރުމާއި އިސްލާމްދީނަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒު މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ ދާދިފަހުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ހިތުގައި އަލީ ރަމީޒާއިމެދު ހިނގި ނުތަނަވސްކަމެއްގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައި ނުގެން ބަދު ބަސްތައް ރަށްދު ކުރަށްވައި ފާޑުވިދާޅުވަމުން ގެންދެވިއިރު އަލީ ރަމީޒު ކުރިން ވިދާޅުވެފައިވާ ލަވަތަކާއި މަންޒަރުތައް ބޭނުން ކުރައްވައިގެން ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ތަކެއް ކުރަށްވާފައި ވަނިކޮށެވެ. އޭނާ ދާދިފަހުން ކުރެއްވި ޓްވީޓެއްގައި މިއުޒިކާއި ލަވައަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއް ނޫންކަމަށް ސާބިތު ކޮށްދެއްވަން ވެސް މަސައްކަތް ތަކެއް ކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ލަތީފު

23-Oct-2020

އެލަވަތައް ވިއްކައިގެން އެލާރިން ކައިގެން ބޮއިގެން އަދި ގެހަދައި ނިންމައިފަ އަނެއްކާ މީހުނައް ވިއްކި ހުރިހައި ލަވަތައް އެމީހުން ލަވަ ގަތް އަގުވެސް ނުދީ އަތުލަން ތިއުޅެނީ އޭތި ކަޑަ ލަވަތައް ގަތް މީހުނަށް އެލާރިކޮޅު ދީފަ އަތުލަންވީނޫން


-1

ވަހީދު

22-Oct-2020

ލަވަކިއުއްވައިގެން ނެންގެވި ރުފިޔާއަށް ހައްދަވާނީ ކިހިނަކުންތޯ ? މަނިކުފާނު ސުޓޭޖު ތަކުގަވެސް ލަވަވިދާޅުވި .....



ޓްރެންޑިން