ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.

އަމީން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ފަށައި އެމައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އޭނާ ވަކިކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައެޅީ 28 މެމްބަރުންގެ ސޮޔާއެކުއެވެ.

މިއަދު އޮތް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލްވުމުގައި އަމީން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ހިމެނިވަޑައިގަންނައެވެ.

އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލްވުމުގައި އަމީނަށް އިތުބާރު އެބައޮތް ކަމަށް 31 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ. 58 މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި 27 މެންބަރަކު ވަނީ އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމަށް ވޯޓް ދެއްވާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އަމީން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ފާސްކުރިނަމަވެސް ޕީޖީ ގުރޫޕްގެ ނިންމުމާއި މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އަމީން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ފާސްކުރިނަމަވެސް ޕީޖީ ގުރޫޕްގެ ނިއްމުމާއި މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިއްމައި އެމައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.

އެމައްސަލައިގައި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން