އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ އަލީ އާޒިމް: އޭސީސީ އަށް ފާޑުވިދާޅުވި
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ އަލީ އާޒިމް: އޭސީސީ އަށް ފާޑުވިދާޅުވި
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލައިގައި ގޯސްތަކެއް ހަދާފައިވާކަމުގެ ހެކިތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުހޯދުނީ ނާގާބިލު ކަމުން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނުހޯދުނީ ތަހުގީގީ އިދާރާއެއްގެ ނާގާބިލުކަމުން ކަމަށެވެ. ނަމަވެސް ސާފުކޮށް އެނގޭ މިންވަރަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.



ޕީޖީ އޮފީހުން އެމައްސަލަ އަނބުރާ ފޮނުވުމާއި އެކު، އެމްޑީޕީ ޕީޖީ ގްރޫޕްގައި މިއަދު ނެގި ވޯޓެއްގައި، އަމީނަށް އިތުބާރު އޮތް ކަމަށް ވަނީ ނިއްމާފައެވެ. އެހެން ނަމަވެެސް އެމްޑީޕީން މިހާރު ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

އޭސީސީ އަށް އެމްޑީޕީގެ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެކޮމިޝަންގެ ފަސް މެމްބަރަކު މަގާމުން ވަކިކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިހާރު ހުށަހަޅާފައެވެ. އޭސީސީގެ ތަހުގީގުތައް ހިނގާފައިވާ ގޮތާ ނުރުހިގެން އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން