ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާނީ ރަނގަޅު ނިންމެވުމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނަށް އިތުބާރު އޮތްކަމަށް ނިންމައި އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށައެޅުމަށް ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. ރޮޒައިނާ ވޯޓް ދެއްވީ އަމީންގެ އިތުބާރު ނެތް ކަމަށް ހުށައަޅަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
އެ ވޯޓް ދެއްވި ސަބަބު ހާމަކުރައްވަމުން ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީންގެ މައްސަލާގައި ރައީސް ސޯލިހު ރަނގަޅު ނިއްމެވުމެއް ނިއްމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބަ އޮތް ކަމަށެވެ. އޭނާ މިއަދު ވޯޓު ދެއްވީ ރައީސް ސޯލިހު މި މައްސަލާގައި ކުރިއަށް ދާން ވިސްނަވާފައި އޮތް ގޮތް އޮޅުންފިލުއްވުމަށް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީ ޕީޖީ ގުރޫޕްގެ ތާއިދު އޮތް ކަމަށް ފާސްކުރި ނަމަވެސް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ 24 މެންބަރަކު ސޮއި ކުރައްވައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަމީން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ. އެ މައްސަލައިގެ ލިއުމުގައި އޭނާއާއެކު 24 މެމްބަރަކު ވަނީ ސޮއިކުރައްވާފައެވެ.
ފިރުޝާން ވިދާޅުވީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަމީން މަގާމުން ވަކިކުރަން ހުށަަހެޅުއްވީ އަމީން އިތުރަށް މަގާމުގައި ހުންނެވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަަމަކަށް ނުވާތީ ކަމަށެވެ. އެ މައްސަލާގައި މިނިސްޓަރު ހުންނެވީ މަސައްކަތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލާގައި އަމީން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު