އިންޓަނެޓު އަގުހެޔޮކުރުން ލަސްވާ ކަމަށް ބުނެ ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލެއްވުމުން މަލީހު ރަތަށްއަރައި ވާނުވާ ނޭގެންޏާ ބޮންޑޭ އިސްތިއުފާ ދެއްވުމަށް މަލީހު ގޮވާލައްވައިފިއެވެ.
އައިލެންޑް އޭވިއޭޝަނާ ބެހޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓްގެ ބަހުސްގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ ކަންތައްތަކުގެ ވާހަކަ މަޖިލީހުގައި ދައްކަނީ ކަންތައްތައް ރަނގަޅު ކުރަން ކަމަށެވެ.
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާ ކަަމަށާއި އެ ގަރާރުގައިވާ ކަންތައްތައް އެ މިނިސްޓްރީން ކޮށްފަައި ނުވާ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
"އިސްތިއުފާ ދެއްވުން މާރަނގަޅުވާނެ ނޫންތޯ؟ އަޅުގަނޑު ގޮވައިލަން އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން." ބޮންޑޭ ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ތަކާއި ގުޅިގެން ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "ރަތަށް އަރައިގެން" މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އެ މިނިސްޓްރީ އާއި މަތިކޮށްފައިވާ ޒިންމާތައް ތުނޑުން ތުނޑަށް ކުރިއަށް އެބަދާ ކަމަށެވެ.
އެކަންކަން ބޮންޑޭ އަށް ނޭގުމުގެ ޒިންމާ މަލީހު ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
"މަޖިލީހުގެ ސިޓީއަކަށް ޖަވާބުނުދީ އެއް ނޯއްނާނެ، މަޖިލީހުން ވަކިކަމެއް ކުރަން އަންގާފައެއް ނުވޭ، ވާނުވާ ނޭގޭނަމަ އިސްތިއުފާ ދޭންޖެހޭނީ ބޮންޑޭ." އިބްރާހީމް ރަޝީދު، ބޮންޑޭ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަލީހް ވިދާޅުވިއެވެ.
ސަރުކާރުން މިދިޔަ އަހަރު އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.
އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވިއެވެ. އަދި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު