މި ބޭފުޅުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެ، ކުރިއަރަމުންދާކަމުގެ ސާފު ހެއްކެކެވެ.
ރައީސް ޞާލިޙުގެ މަރުޙަބާގެ މެސެޖުގައި ވިދާޅުވީ، ސަރުކާރު ޒިންމާދާރުކުރުވުމަށާއި ޕާޓީގެ ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދުގެ މުއްސަނދި ތަޖުރިބާގެ ބޭނުން މިވަގުތު އިންތިހާއަށް ބޭނުންތެރި ކަމަށެވެ.
އެމްޑީޕީ ގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް @MohamedNasheed އަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) June 12, 2026
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް @MDPSecretariat އިން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ. އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާ ގެ…
މީގެ އިތުރުން، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، މީކާއީލް ނަސީމް ވަނީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އާ ހަކަތައަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން! ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނަން!
— Meekail Naseem (@MickailNaseem) June 12, 2026
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް @MohamedNasheed އަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
— Faisal Naseem (@FaisalNasym) June 12, 2026
ކުރިއަށް އޮތް ތަނުގައި @MDPSecretariat ވަރުގަދަވެ، ޕާޓީގެ ޙަރަކާތްތެރިކަން އިތުރުވެ އަދި 2028 އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން… pic.twitter.com/D0sTWQCTDJ
ރައީސް ނަޝީދުގެ ކެމްޕެއިންގައި އިސްދައުރެއް އަދާކުރެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެމަނިކުފާނު ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.
މިއަދު މެންދުރުފަހު 2:30 ގައި ފެށި ވޯޓުލުމަށްފަހު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ރައީސް ނަޝީދު ވަނީ އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު