ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބަޔަކު ފޮރުވުމަށް ކަމަށާއި، އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބަޔަކު ފޮރުވުމަށް ކަމަށާއި ޕީޖީ އޮފީހުން ދައްކަނީ ހުސް ބަހަނާ ކަމަށެވެ.
ވެންޓިލޭޓަރާ ގުޅޭ ކަންތައްތަކުގައި ގިނަ ބައެއްގެ ޝާމިލްވުން އޮތް ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް މައްސަލަ ބަލައި ދައުވާ ކުރަން ހުށަހެޅުމުން ވެސް މައްސަލަ އޮއްބައިލަން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅު ކަމަށް ބުނެ ވާހަކަ ދެއްކުމަށްފަހު އެފަދަ ބޮޑު ކޮރަޕްޝަނެއް ފެންމަތިވުމުން މި ސަރުކާރަށް ފިޔަވަޅު ނޭޅުނު ކަމަށާއި އޭގެ ބަދަލުގައި ކުރަނީ އެކަމުގައި ޝާމިލްވާ މީހުން ފޮރުވުމުގެ މަސައްކަތް ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތުކުރައްވާފައެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދެ ވަޒީރުންގެ ބައިވެރިވުން އޮތް ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ފައިސާ ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެންގެވުމަކަށް ކަމަށެވެ. ނަމަވެސް ތަހުގީގުތަކުގައި ހަމައެކަނި ހެލްތު މިނިސްޓަރު އަމީންގެ ނަން ހިމަނާފައިވާއިރު މިއިން އެއްވެސް ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅުނުވުމަކީ ކޮރަޕްޝަން ނުހުއްޓުވޭ ކަމުގެ ހެއްކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއްގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ހިމެނޭއިރު އެއްވެސް ބޭފުޅަކަށް ފިޔަވަޅު ނޭޅި އެންމެން ވެސް ވަޒީފާގައި ތިބިކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުން ވެސް މި ސަރުކާރު ކޮރަޕްޝަން ހުއްޓުވުމުގައި ފެއިލްވެފައިވާ ކަން ހާމަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޯވިޑުގެ ބަލިމީހުންނަށް ފަރުވާދޭން ހޯދަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ގަތުމަށް ކުރި މައްސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭތީ އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކޮށްދިނުމަށް އޭސީސީން އެދުނު މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ވަނީ ނިއްމާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް އޭސީސީ އިން ހުށައަޅާފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް އޭސީސީ އިން ބުނެފައިވަނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިކަމުގައި ތުހުމަތުވާ ފަރާތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމުގައި ތަހުގީގަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވިގެން ކަމަށެވެ.
ޕީޖީން މި މައްސަލަ އަނބުރައި ފޮނުވާލުމުގައި ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެން އެމައްސަލަ މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭސީސީ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު