އެންޓި-ކޮރަޕްޝަންސް ކޮމިޝަން, އޭސީސީގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފިއެވެ.

އެންޓި-ކޮރަޕްޝަންސް ކޮމިޝަން, އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށައަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ.

މިއަދު 11 ޖަހާއިރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން އެޖެންޑާކޮށްފައިވާއިރު މިއަދުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކުރުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ. މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކޮމިޓީއަށް ވައްދާފައިމިވަނީ ކޯވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ހެލްތު މިނިސްޓަރު ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ދަޢުވާނުކުރަން ނިންމަވާފައިވާތީ މަޖިލީހުގެ ގިނަ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް އޭސީސީއަށް އަމާޒުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން