މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ކޯވިޑްއާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިނގާފައިވާކަމަށާއި، އެކަމުގެ އަޑިއަށްގޮސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ދޫކޮށް ނުލައްވާނެކަމަށް ނަޝީދު ވިދާޅުވެފައިމިވަނީ، ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް އޮޑިޓަރ ޖެނެރަލާއި އޭސީސީން ހާމަކުރުމުންވެސް އެމައްސަލައިގައި ދައުވާ ނުކުރާނޭކަމަށް ޕްރޮަސެކިއުޓަރ ޖެނަރަލް ވިދާޅުވެފައިވަނިކޮށެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެމައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެލްތު މިނިސްޓަރކަމުން އިސްތިއުފާދެއްވި އަމީންއާއެކު އިތުރު 11 ބޭފުޅަކަށް ދައުވާކުރުމަށް އޭސީސީން ފޮނުވިޔަސް، އެކަށީގެންވާ އެއްވެސް ހެއްކެތް ނެތުމުންކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަމުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ވަކިކޮޅެއްގައި ޖެހެންދެން އެމައްސަލައަށް ފާރަވެރިވުމަކީ މަޖިލިސް މެމްބަރުންގެ ޒިންމާއެއްކަމަށެވެ. އަދި އެމައްސަލައިގައި އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާކަމަށާއި ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަނބުރާ ދައުލަތަށް ހޯދުން، އެކަން ނިމެންދެން މަޖިލިސް ފާރަވެރިކަމާ އެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލިހުގެ ގާނޫނީ ޒިންމާއެއް." ނަޝީދު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރ އަމީން މަޤާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އިއްޔެ މަޖިލީހަށް ވެއްދިއެވެ. ނަމަވެސް މަޖިލިސް ތަޅުމަށް މައްސަލަ އައުމުގެ ކުރިން މިނިސްޓަރުކަމުން އަމީން ވަނީ އިސްތިއުފާދެއްވާފައެވެ. ހަމަ މިމައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ވެސް ހުށަހަޅާފައެވެ. އެމައްސަލަ މިއަދުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަލިފުތާ

24-Oct-2020

ރަންގަޅު އެއް ގޮތަކައް ވެސް ދޫޮކޮއްލައިގެން ނުވާނެ


11

އައްބެ

21-Oct-2020

ތިކަމުގަ ރައީސް ނަސީދު އައް ތާއީދު ކުރަން


-5

އައްބެ

21-Oct-2020

ވަރައް ރަނއގަޅު އެއް ގޮތަކައް ވެސް ދޫކޮއްގެން ނޫވާނެ


-9

އައިޝާ

21-Oct-2020

ގިނަގިނައިންވައްކަންކުރުން ލަދެއް ވެސް ޙަޔާތެއް ވެސް ނެއް


1

މަމްދޫހް

21-Oct-2020

ކޮރަޕްޝަނާ ވައްކަން ރަނުންރަނަށް


-1

ސަޅި ކޮމެންޓް

21-Oct-2020

އެމްޑީޕީ ނޫން ހުރިހާ މީހުން ޚާއްޞަކޮށް އެމީހުން ރުޅިއަންނަ ކެބިނެޓް މީހުން ވަކި ކުރުމުގެ ސިލްސިލާ ރޭވުމެއް މިއީ، ވެންޓިލޭޓަރ އަކި އަސްލު ރޭވުމެއް ޑަބަލިއު.އެޗ.އޯ ގައި އުޅޭ އިންޑިޔާ މީހަކު ނަޝީދުގެ އޯޑަރަށް އަބުރާލި ގޭސްގަނޑެއް.. އަދި ކޮންމެވެސް ދުވަހެއް އަންނާނެ "އެފަނި އެޅުވީ އަހަރެން" މިހެން ބުނާނެ. މީގެ 2 މަސްކުރީން އެމްޑީޕީން ނިންމި ކޮންމެ ހާލެއްގައިވެސް "މިކަން ކުރާނަން! ސާފުކުރާނަން" އެބުނާ ސާފުކުރުމަކީ އެމްޑީޕީ ނޫން މީހުން ކެބިނެޓްއިން ބޭރުކުރުން ކަން މިފެންނަނީ ދިވެހީން ނިކަން ވިސްނަބަލަ..


1

ޒަރީރު

21-Oct-2020

ސިއްޕެ އާއި އަލިޝިޔާމް ވާހަކަ ދައްކަވަން ރައިސް ނަޝީދަށް ކެރިވަޑައިންނަވާނެތޯ ވެންޓިލޭޓަރުގެ މައްސަލައިގެ އެއްމެ އަޑީގަ ތިބީ އެދެމީހުންނޫންތޯ މިކަން ރައިސް ނަޝީދަށް ވެސް އެނގިވަޑައިންނަވާ ނޫންތޯ



ޓްރެންޑިން