މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ (ކ ) ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ (ވ)
މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ (ކ ) ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ (ވ)
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ އެދިވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ ކުރައްވާ ސުވާލަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވަނީ މަޖިލީހަށް ހާޒިރުކުރައްވާފައެވެ. މަކުނުދޫ ދާއިރާގެ މެމްބަރު މުހަންމަދު ރާއީ ވިދާޅުވީ މިނިސްޓަރ އިމްރާން ކުރައްވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

އެގޮތުން މިނިސްޓަރުގެ މަސައްކަތް ބައްޓަންކޮށްފައިވަނީ، ހޯމް މިނިސްޓަރ ނިސްބަތްވާ އަދާލަތު ޕާޓީގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށް ރާއީ ވަނީ ފާހަގަކުރަށްވާފައެވެ.

"އަޅުގަނޑު އެންމެ އަވަހަށް ދެކެން ބޭނުންވަނީ މިނިސްޓަރ އެމްޑީޕީއަށް ސޮއިކުރާނެ ދުވަހެއް. އަޅުގަނޑު އެކަމަށް މަރުހަބާ ކިޔާނަން." އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އިމްރާނަށް ދައުވަތު ދެއްވަމުން ރާއީ ވިދާޅުވިއެވެ.

ރާއީގެ ވާހަކަ ތަކާއި ގުޅިގެން ހޯމްމިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް މަސައްކަތް ކުރަމުންދަނީ އެއް އަމާޒަކަށް ކަމަށެވެ. އެމަނިކުފާނު މަސައްކަތްކުރައްވަނީ ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާއި ސަރުކާރުގެ މެނިފެސްޓޯ އަކީ އެކައްޗެއްކަމަށް ވިސްނައިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މި ނަތީޖާ ހާސިލު ކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި. މި ނަތީޖާއިން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާދިނުމުގެ އުފާ އަޅުގަނޑުމެންނަށް ލިބޭނީ އެންމެން އެކުގައި. އަޅުގަނޑު މިހުރީ އެކުގައި. ތިބޭފުޅުންނާއި އެކު ކުރިއަށް ދިއުމަށް ތައްޔާރަށް." ރާއީ އަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ. އިމްރާން މިވަގުތު ހުންނެވީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައެެވެ. ނަމަވެސް މިހާތަނަށް އައިއިރު ރައީސް ނަޝީދުގެ ވެސް އަދި އެމްޑީޕީގެ ގިނަ މެންބަރުންގެ ވެސް އެންމެ ފާޑުކިޔުން އަމާޒު ނުވާ ވަޒީރުގެ ގޮތުގައި އިމްރާން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން