ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައަޅަންދެން އޭނާ މަޖިލީހަށް ހާޒިރުވެ މެންބަރު ކަމުގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން ނިިއްމައިފިއެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ގައި އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުން ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދައި އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ޔައުގޫބް އަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައަޅަންދެން އޭނާ މަޖިލީހަށް ހާޒިރުވެ މެންބަރު ކަމުގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން ނިއްމި ނިއްމުމުގައި ބުނެފައިވަނީ ވަގުތީ އަމުރު ނުނެރުނު ކަމުގައި ވިޔަސް މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޔައުގޫބާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޔައުގޫބް، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 14 ގައި އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރުކަމާ ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އާ ޚިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ ކަމަށެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މަގާމުގެ ފަތްކޮޅާ ވެސް ހަވާލުވެވަޑައިގެންނެވި ފަހުން މެންބަރުކަމުގެ ސައްހަ ކަމާ މެދު ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަން ފެށްޓެވުމުން ފަހުން ޔައުގޫބް ވަނީ ކައުންސިލުން އިސްތިއުފާ ދެއްވައިފައެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެެދިއްޖެނަމަ އެކަމުގައި ގޮތެއް ނިއްމާނީ ސްޕްރީމް ކޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު


16

މާސްޓަރ

22-Oct-2020

ގަޒީއަކު މިކަހަލަ ތާކުންތާކު ނުޖެހޭ މައްސަލައެއްލީމާ ރާއްޖޭގެ ގާޒީންނަށްވެސް ހުތުރު. މަގާމެއްގަ ހުރެގެން ކޮށްގެން ނުވާނެ ކަމެއް ވިއްޔާ އެކަމެއް ހުއްޓާލަން ޖެހޭނީ. ގޮޑިގެއްލޭނެ ހާލަތެއް ދިމައެއްނުވޭ. އެފަދަ ހާލަތްތައް ސާފުކޮށް ހުރީ ބަޔާންކޮށްފަ.



ޓްރެންޑިން