އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން ވޯލްޑް ކަޕްގައި ބައިވެރިނުވެވުނު ނަމަވެސް، ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލް ގާދިރު އަރުތާނަށް ފީފާއިން ދޭންޖެހޭ ފުރިހަމަ އުޖޫރަ ދިނުމަށް ނިންމައިފިއެވެ.
މި މައްސަލައާ ގުޅުންހުރި މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މެޗުތައް އިންސާފުކުރުމުގެ ފުރުސަތު އޭނާއަށް ގެއްލުނު ކަމުގައިވިޔަސް، ފީފާއިން ވަނީ އޭނާއަށް ކަނޑައެޅިފައިވާ ފުރިހަމަ ފީ ދިނުމަށް ނިންމާފައެވެ.
އުމަރު އަބްދުލްގާދިރު ފީފާ ވޯލްޑް ކަޕަށް ހޮވުމަކީ ސޯމާލިއާގެ ފުޓްބޯޅައިގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެފްރިކާގެ އެންމެ މޮޅު ރެފްރީންގެ ތެރޭގައި ހިމެނޭ އުމަރު އަބްދުލް ގާދިރަކީ ވޯލްޑް ކަޕެއްގައި މެޗުތައް އިންސާފުކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީއެވެސްނެވެ. ނަމަވެސް، މުބާރާތް ފެށުމުގެ ކުރިން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އޭނާ އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. އެއީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ފަރާތްތަކާ އޭނާއާ ގުޅުން އޮތް ކަމަށް ބުނާ ތުހުމަތުތަކަކާ ގުޅިގެންނެވެ. އެހެންނަމަވެސް، އުމަރު އަބްދުލް ގާދިރު ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.
މި ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ފީފާއިން ވަނީ އުމަރު އަބްދުލް ގާދިރަށް އިހުތިރާމްކޮށް، އޭނާއަށް ދޭންޖެހޭ ފުރިހަމަ އުޖޫރަ ދިނުމަށް ނިންމާފައެވެ. ފީފާގެ މި ނިންމުމަށް ފުޓްބޯޅަ އާއިލާގެ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އުމަރު އަބްދުލް ގާދިރު ގާބިލުކަމާއި އޭނާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި ހާދިސާއާ ގުޅިގެން ސޯމާލިއާގައި ބޮޑު ސަމާލުކަމެއް އުފެދުނުއިރު، އުމަރު އަބްދުލް ގާދިރުގެ ކާމިޔާބީއަކީ އެގައުމުގެ ޒުވާން އެތުލީޓުންނާއި އޮފިޝަލުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އޭނާގެ މަގުބޫލުކަން ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު އޭނާ ވަނީ އެފްރިކާގެ އެންމެ މޮޅު ރެފްރީގެ ލަގަބު ހޯދާފައެވެ.
މީގެ އިތުރުން، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ އަންނަ އޯގަސްޓް މަހު ޕީއެސްޖީ އާއި އެސްޓަން ވިލާ ބައްދަލުކުރާ ޔުއެފާ ސުޕަ ކަޕްގެ މެޗު އިންސާފުކުރުމަށް އުމަރު އަބްދުލް ގާދިރު އައްޔަންކޮށްފައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ރެފްރީއަކަށް ލިބޭނެ އެންމެ ޝަރަފުވެރި އެއް ފުރުސަތެވެ. މި އައްޔަންކުރުމާއެކު، ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނު ނަމަވެސް، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާއަށް އޮތް އިތުބާރަށް އެއްވެސް ބަދަލެއް ނާންނަކަން ވަނީ ސާބިތުވެފައެވެ.
އުމަރު އަބްދުލް ގާދިރުގެ މި ދަތުރަކީ ކެތްތެރިކަމާއި، ހިތްވަރާއި، ގައުމީ ފަޚުރުގެ ލާމަސީލު މިސާލެކެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު