ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން
ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ ތުހުމަތުގައި ވަކި މުއައްސަސާއެއް ގޯސް ކުރެވެން ނެތް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މައްސަލާގައި ވަކި މުއައްސަސާއެއް ގޯސް ކުރެވިގެން ނުވާނެ ކަމަށާއި މިފަދަ ކަންކަމުގައި އަމިއްލަ ފައިދާއަށް ވާހަކަ ދެއްކުން ބުއްދިވެރި ނޫން ކަމަށެވެ. 

''ވެންޓިލޭޓަރު މައްސަލާގައި ގޯހީ ވަކި މުއައްސަސާއެކޭ ބުނެވިގެން ނުވާނެ. އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ނުކުރާހާ ހިނދަކު މިފަދަ ކަންކަން އަބަދުމެ ތަކުރާރުވާނެ. މަށަށް މޮޅުވާ ގޮތަށް ވާހަކަދެއްކުމާ ދުރުވުން ބުއްދިވެރި." މުހުތާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކޯވިޑުގެ ބަލިމީހުންނަށް ފަރުވާދޭން ހޯދަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ގަތުމަށް ކުރި މައްސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭތީ އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކޮށްދިނުމަށް އޭސީސީން އެދުނު މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ވަނީ ނިއްމާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް އޭސީސީ އިން ހުށައަޅާފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް އޭސީސީ އިން ބުނެފައިވަނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިކަމުގައި ތުހުމަތުވާ ފަރާތްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމުގައި ތަހުގީގަށް ލިބިފައިވާ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ޕީޖީން  މި މައްސަލަ އަނބުރައި ފޮނުވާލުމުގައި ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެން އެމައްސަލަ މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭސީސީ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


14

މަރިޔަން

21-Oct-2020

މުހުތާޒް އައް ވަރައް ތާއީދު ތިކަމުގަ


13

މަރިޔަން

21-Oct-2020

މުހުތާޒް އައް ވަރައް ތާއީދު ތިކަމުގަ


16

މޫސަ

21-Oct-2020

ވަކި ފަރާތެއް އަސްތިސްނާ ނުކޮއް ހުރިހާ ފަރާތަކައް ވެސް ފިޔަވަޅު އެޅެން ޖެހޭނެ


-6

ޢާމިރު

21-Oct-2020

މީވެސް ޔާމީނު ވެރިކަމުގައި ބޮޑެތިޖަރީމާތަށް ހިންގާފަހުރިސޮރެޒް.


0

ޙައްވާޑޭޝް

21-Oct-2020

އަދިވެސް ޕީޖީތޯ? ޤިޔާނަތަށް ދަންދެން މުމްތާޒު މުހުސިން?



ޓްރެންޑިން