ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ދުވަހެއް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ބޭލުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފިއެވެ.
އެމްޕީއެލް އިން ބުނީ، މި މަސައްކަތަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ވީހާވެސް އަވަހަށް ކްލިއަރ ކުރުމަށް އެ ކުންފުނިން ގެންގުޅޭ ޚާއްސަ އުސޫލުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއަދުވެސް މާލެ ވިޔަފާރި ބަނދަރުގައި ޕެރިޝަބަލް މުދާ ބޭލުމުގެ މަސައްކަތްތައް ވަނީ ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި މަސައްކަތުގެ ތެރެއިން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަ ކޮށްފައެވެ. މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ. މީގެ އިތުރުން، ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މި އުޅަނދުން ވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި އަދި ބިހެވެ.
ޕޯޓު ބަންދު ދުވަހެއް ނަމަވެސް، މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް އެމްޕީއެލް އިން ވަނީ ފޯރުކޮށްދީފައެވެ. އަދި ޚާއްސަ އިންތިޒާމެއްގެ ދަށުން މިރޭ 20:00 އިން ފެށިގެން ވެސް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލްގެ މި ނިންމުމަކީ ބަންދު ދުވަސްތަކުގައި ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށާއި، ކާބޯތަކެތީގެ ބާވަތްތައް ހަލާކުވިޔަނުދީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު