ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ސަރުކާރުގެ އެކި އިދާރާތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީތަކަށް ސިޔާސީ މީހުން އައްޔަނު ނުކުރުމަށް ފިނޭންސް މިނިސްޓްރީ އިން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ސިޔާސީ ގޮތުން އަންޔަން ކުރާ ފަރާތްތަކާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އިދާރާތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީތަކުގައި ނުތިބެވޭނެ ގޮތަށް ޕްރޮކިއުމަންޓު ބޯޑުން މިހާރު ނިންމައިފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމުގެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ މިނިސްޓްރީގެ މާލީ މުއާމަލާތަކުން ނިޒާމުގެ ތެރެއަށް ރެކޯޑްކޮށް ދޫކުރެވޭ ފައިސާގެ އެންމެހާ ޒިންމާއެއް ނަގަން ޖެހޭނީ އެ މުއާމަލާތެއް ނިޒާމުގެ ތެރެއަށް ރެކޯޑް ކުރި މުވައްޒަފާއި ފައިސާ ދޫކުރި މުވައްޒަފު ކަމަށެވެ.

އޭސީސީ އިން ބުނީވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލު ކުރަން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމީ އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުނީ މާލީ ގާބިލްކަން އަދި ޓެކްނިކަލް ކެޕޭސިޓީއަށް ނުބަލާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން