ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް (ކ)މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ)
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް (ކ)މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ)
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅު ދިޔަ ހިއްކާ ތަނެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) މިނިސްޓަރ މަލީހް ޖަމާލަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރަން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، ބޮންޑޭ މަޖިލީހުގައި އިއްޔެ ވަނީ އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރ މަލީހް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން އެކުލަވައިލި ސްޓްރެޓަޖިކް އެކްޝަންސް ޕްލޭން (އެސްއޭޕީ) އާ އެއްގޮތަށް މަސައްކަތްތައް ހިިނގަމުންދާ ކަމަށާއި އެކަން ބޮންޑޭ އަށް އެނގިވަޑައިނުގަންނަވާ ނަމަ، އިސްތިއުފާ ދެއްވަން ޖެހޭނީ ބޮންޑޭ ކަމަށެވެ. ޕޭމަންޓް ސިސްޓަމްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މުހަންމަދު ރަޝީދު، ބޮންޑޭ ވިދާޅުވީ އޮންލައިން ޕޭމަންޓްތަކަށް ރައްކާތެރިކަން ދެވޭނީ ސައިބާ ސެކިއުރިޓީ ގާނޫނާއި ޑޭޓާ ރައްކާތެރި ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނެސްގެން ކަމަށެވެ.

އެހެންވެ، "ވަޅުދިޔަ ހިއްކާ މިނިސްޓްރީން" އެ ބިލްތައް މަޖިިލީހަށް ފޮނުވައިދޭން އެދިވަޑައިގަންނަވާ ކަމަށާއި އެ ބިލްތައް ނެތުމުން ރައްކާތެެރިކަމެއް ނެތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"ރައްޔިތުން މި ތިބީ ފައިސާ އަށް ޖެހިފައި، ރައްޔިތުން މިތިބީ ވިޔަފާރި ނުކުރެވިފައި. ތިބިއިރު ވަޅަށް އެރިތޯ އޮންނަންވީ؟ ސައިބާ ސެކިއުރިޓީ އެކްޓެއް ނެތް. ޑޭޓާ ޕްރައިވެސީ އެކްޓެއް ނެތް. ބޭންކްތަކާ އެތަން މިތަނުން ލީކުވަނީ." މަލީހު ވަޅުދިޔަ ހިއްކަން އެރި ވަޑައިގެން އޮންނެވި ވީޑިއޯއާއި ގުޅުވައިގެން މަލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ފަދަ ތަންތަން އޭނާއަށް ސިފަވަނީ ވަޅު ދިޔަ ހިއްކާ ތަންތަނުގެ ގޮތުގައި ކަމަށާއި އެ ނޫން ގޮތަކަށް ސިފަނުވާ ކަމަށެވެ.

ބޮންޑޭއަށް ފާޑުވިދާޅުވެ މަލީހް ރޭ ވިދާޅުވީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އެ މިނިސްޓްރީ އާއި މަތިކޮށްފައިވާ ޒިންމާތައް ތުނޑުން ތުނޑަށް ކުރިއަށް އެބަދާ ކަމަށެވެ. އެކަންކަން ބޮންޑޭއަށް ނޭގުމުގެ ޒިންމާ މަލީހު ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

"މަޖިލީހުގެ ސިޓީއަކަށް ޖަވާބުނުދީ އެއް ނޯއްނާނެ، މަޖިލީހުން ވަކިކަމެއް ކުރަން އަންގާފައެއް ނުވޭ، ވާނުވާ ނޭގޭނަމަ އިސްތިއުފާ ދޭންޖެހޭނީ ބޮންޑޭ." އިބްރާހީމް ރަޝީދު، ބޮންޑޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަލީހް ވިދާޅުވެފައިވެއެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން