ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެމަގާމަށް ކުފޫ ހަމަވާ ކަމާމެދު ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ސުވާލު އުފައްދަވައިފިއެވެ.
ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ މަގާމާއި މެދު ސުވާލު އުފެއްދެވީ އޭނަާގެ އަތްޕުޅުގައި ހުރި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލުވާންގެ މައްސަލައާއި ގުޅުން ހުރި ހެކިތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުން ގެންދިޔަ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، އޭނާގެ އަތްޕުޅުގައި ހުރި ހެކިތަކެއް ފުލުހުން ގެންދިޔައީ 2015 ވަނަ އަހަރުގެ މޭ ޑޭގައި އޭރުގެ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރުމަށް ފަހު ކަމަށެވެ. އެއީ ކޮން ކަހަލަ ހެކިތަކެއް ކަމެއް އިމްރާން ކަނޑައެޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނުވިނަމަވެސް އެދުވަހު އޭނާ ހެކިތައް ކަމަށް ދައްކަވައިގެން ގެންގުޅުއްވީ ރާއްޖޭގައި ނުކުންނަ ނޫސްތަކުގައި ހުރި އެކި ޚަބަރުތަކާއި އެހެނިހެން ވެސް ކަރުދާހުގައި ހުރި ޕްރިންޓް ތަކެކެވެ.
އެކަމާ ގުޅިގެން ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ނަވާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އިތުރުފުޅު ހެއްދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ސިޔާސީ ގޮތުން ވެސް ދައްކަންވާ ވާހަކަ އާއި ނުދައްކަންޖެހޭ ވާހަކަ ހުންނާނެ ކަމަށް ވިދާޅުވެ ނަވާޒް ވަނީ މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މިނިސްޓަރު އިމްރާން މިފެންވަރަށް ވެއްޓިދާނެ ކަމަށް ހިއެއް ނުކުރަން، މިހާރު އުފެދޭ ސުވާލަކީ މިނިސްޓަރު ކަމުގެ މަގާމަށް އިމްރާން ކުފޫ ހަމަވޭތޯ؟" ފުލުހުންގެ ޚިދުމަތުން ދުރަށް ވަޑައިގެން ސިޔާސީ ދާއިރާގައި ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަވާޒް ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ފުލުހުން އޭރުއަތުލާފައިވާ ކަމަށާއި، އެ ހެކިތައް ނެގި ނުވަތަ އަތުލި ފުލުހުން ހޯދަން ކުރަން ޖެހޭނީ ތަހުގީގެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިހާރު ވެސް ރިލްވާން މައްސަލައިގެ އެތައް ތަހުގީގުތަކެއް ކުރިއަށް ދާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
"އޭރުގަ ( މޭޑޭގެ މުޒާހަރާގެ ތެރެއިން ޔާމިންގެ ވެރިކަމުގައި ) ފުލުހުންގެ ތެރެއިން އެ ގެންދިޔަ ބައެއްގެ އަތުގައި އެ އެއްޗެހި ވާން ވާނެ. ދެން އަޅުގަނޑު ޖެހޭނީ އަނެއްކާ ވެސް ތަހުގީގެއް ފަށަން ކޮން ފުލުހުންނެއްތޯ އަޅުގަނޑު ހައްޔަރު ކުރަން އައީ، ކޮން ބޭފުޅެއްތޯ އެ ގެންދިޔައީ. ދެން އަޅުގަނޑަށް އަދި އެ ތަހުގީގާއި ހަމަޔަކަށް ނުދެވޭ. އެއަށް ވުރެ މާގިނަ ތަހުގީގުތަކެއް މިހާރު ވެސް ކުރަންޖެހޭ." މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޓެރަރިޒަމް ކުށް ސާބިތުވެ ޖަލުގެ ހުކުމެއް ތަންފީޒުކުރެއްވި އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު