ކޮވިޑް ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ
މާލޭގައި ކޮވިޑް-19 އަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށް ގެންދާ ދިރާސާގެ ދެވަނަ މަރުހަލާ ފަށާފައިވާ ކަމަށް (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑް-19 އަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށް ގެންދާ ދިރާސާގެ ފުރަތަމަ މަރުހަލާ ނިމިފައިވާ ކަމަށެވެ. އެދިރާސާގެ ފުުރަތަމަ މަރުހަލާއަށް ސުންކު (ސާމްޕަލް) ނަގާފައި ވަނީ 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ގައިން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިހާރު އެ ދިރާސާގެ ދެވަނަ މަރުހަލާ ފަށާފައިވާ އިރު އެ މަރުހަލާގައި 18 އަހަރުން މަތީގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ރެންޑަމް ސާމްޕްލިންގ، އެސްއެމްއެސްއެއް ފޮނުވާލާނެ. ފޮނުވާލުމުން ސާވޭގައި ބައިވެރިވާން ވީހާވެސް ބޮޑު އެއްބާރުލުމެއް ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް އަޅުގަނޑުމެންގެ." އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެ އިން އިއްޔެ 45 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ބިދޭސީންނާއި އަށް ދިވެހިންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11،316 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން