ނިމިދިޔަ ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީސް ނަމާދު އިމާމުވެ ކުރި އިމާމުންނަށް ދޭންޖެހޭ އެލަވަންސް ނުލިބި ތިން މަސް ދުވަސް ވެފައިވަނިކޮށް، މި މަހުގެ މުސާރައާއެކު އެ ފައިސާ ޖަމާކޮށްދޭނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން މިއަދު ދީފިއެވެ.
ތަރާވީސް ކުރި އިމާމުންނަށް އެލަވަންސް ނުލިބި ލަސްވާތީ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަޙްމަދު އަދީލް މިއަދު ވިދާޅުވީ، އެލަވަންސް ދިނުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ މިސްކިތްތަކެއްގެ ހާޒިރީ ޝީޓުތައް މިހާރު ހަމަވެ، އެ މައުލޫމާތުތައް ކޮމްޕައިލްކުރުމަށްފަހު ފައިސާގެ ކަންކަން ހަމަޖެއްސުމަށް މިނިސްޓްރީގެ ފިނޭންސް ސެކްޝަނާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފިނޭންސް ސެކްޝަނުން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ވިދާޅުވެފައޭ އޮތީ އެލެވަންސް ރަން ކުރެވޭނީ ސެލެރީއާ އެކުއޭ. އެހެންވީމަ ޖޫން މަހުގެ ސެލެރީ ޖަމާ ކުރާ އިރުގަ އެލެވެންސްވެސް ޖަމާ ކުރާނެ،" އަދީލް ވިދާޅުވިއެވެ.
މި އެލަވަންސް ލިބުން ލަސްވެފައިވަނީ ރަށްތަކުން ތަރާވީސް ނަމާދުގެ ހާޒިރީ ޝީޓުތައް ފޮނުވުން ލަސްވުމުގެ ސަބަބުން، ހުރިހާ ރަށެއްގެ މައުލޫމާތު އެއްކޮށް ނިންމާލެވިފައި ނުވާތީ ކަމަށްވެސް ޕީއެސް ވިދާޅުވިއެވެ. އަދީލް ވިދާޅުވީ މީގެ ކުރީ އަހަރު ޝީޓްތައް ލިބުން ލަސްވި ރަށްތަކުގެ އެލަވެންސްތަކަށް ވަކިން ހުށައެޅުމުން އެރަށްތަކަށް ލިބެން ވާ އެލަވަންސްތައް މިޙަރުވެސް ނުލިބި ހުރިކަމަށެވެ. އެހެންކަމުން މިފަހަރު ބެލީ ހުރިހާ ރަަށެއްގެ އިމާމުންގެ އެލަވަސްތަކަށް އެކުއެކީ ހުށައެޅުމަށެވެ.
މި މަހުގެ 8 ވަނަ ދުވަހު މިކަމާ ގުޅޭގޮތުން ސުވާލުކުރުމުންވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މަސްތެރޭ ފައިސާ ޖަމާކޮށް ނިންމާނެ ކަމަށެވެ. ނަމަވެސް އެފަހުންވެސް ދުވަސްތަކެއް ފާއިތުވެ، އިމާމުންގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން މިނިސްޓްރީން މިހާރު މިވަނީ ޖޫން މަހުގެ މުސާރައާއެކު އެ ފައިސާ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު