މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަން ނިންމުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ގެންގުޅޭ ސިއްރުކުރުމުގެ ސިޔާސަތު ނިމުމަކަށް ގެންނަންޖެހޭ ކަމަށް ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމުމުގައި ވަރަށް ބޮޑަށް ސިއްރު ކުރާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ގެންގުޅެނީ އުތުރުކޮރެއާގެ ގޮތް ގަނޑެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީން އެގޮތަށް އަމަލުކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. ޕީޖީ ގުރޫޕުގެ ވަކި މެންބަރުންތަކެއް އެދިވަޑައިގަންނަވައިގެން ބައްދަލުވުންތައް ސިއްރުކުރާ ކަަަމަށާއި، އަދި އެފަދަ ބައްދަލުވުންތަކުން ވަކި ކަންތައްތަކެއް ނިންމަން ރާވާ ކަމަށް ވިދާޅުވެ ބޮންޑެ ވަނީއެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ބައެއް މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި، މަޤާމުތަކަށް މީހުން އައްޔަންކުރަން ރުހުން ދިނުމުގައި ވަކި މެންބަރުންތަކެއް ބޭނުންވާ ގޮތަށް ކަންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރުން މަޤާމުން ވަކިކުރުމާއި، މަޤާމުތަކަށް މީހުން އައްޔަންކުރުން ފަދަ ކަންކަމަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަމަށްވާތީ އެފަދަ ކަންކަން ނިންމަންވާނީ ރައްޔިތުންނަށް ފެންނަ ގޮތަށް ކަމުގައިވެސް ބޮންޑެ ވިދާޅުވިއެވެ. ބޮންޑެ ގެ މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެމްބަރުންގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން