ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ. އެދެމީހުންނަކީވެސް ދިވެހިންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މަންޗަންގޯޅި ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓާއި 841 ގުޅަ މަނާބޭސް ފެނިފައިވެއެވެ.

ފުލުހުން ބުނީ މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގުކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލީ

22-Oct-2020

ތިފަދަ ހުރިހާ ތަނެއް ބަލާ ފާސް ކުރަން ޖެހޭ އަދިވެސް ބޮޑައް ހޯދަންވީ އަތުލައި ގަންނަން ވީ އެއްކޮއް ސާފު ކުރޭ


-2

އައްބެ

22-Oct-2020

ވަރައް ރަންގަޅު އެއްކޮއް ސާފު ކޮއް ރާއްޖެ ތިކަމުން ސަލާމަތް ވޭތޯ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ



ޓްރެންޑިން