ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް
ޒުވާނުން ގައުމުގެ ކަންކަމާއި މެދު ޚިޔާލު ފާޅުކުރާއިރު އެކަމުގެ ހައްލު ހޯދައިދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް އެދިވަޑައިގެންފިއެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ދެއްވި ޚިތާބެއްގައި ވިދާޅުވީ، ޒުވާނުންނަކީ މާދަމާގެ ލީޑަރުން ނޫން ކަމަށާއި، ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަމަށެވެ. އެކި ދާއިރާތަކުން އައު ހިޔާލުތަކާއި، އައު ވިސްނުންތަކާއި އެކީގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނާއި ބައްދަލުވެފައިވާ ކަމަށާއި ޒުވާނުންނަށް ކަންކަމުގައި ޚިޔާލުފާޅުކޮށް މިނިވަންކަމާއެކު ބިރެއްނެތި ބަސްބުނުމުގެ ފުރުޞަތު ރާއްޖޭގައި އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކަންކަން އިސްލާހު ކުރުމަށް ޒުވާނުންގެ ޚިޔާލާއިި މަސްވަރާ އާއި ފާޑުކިޔުންތަށް ބަލައިގަންނާނެ ކަމަށެވެ. ޚިޔާލުފާޅުކުރުމުގައި ކަންކަމުގެ ހައްލު ހޯދައިދިނުމަށް މިނިސްޓަރ މަޚުލޫފް ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ހަމަ އެގޮތަށް ޒުވާނުންނަށް މިހާރުވެސް ލިބޭ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމުގެ ޔަގީންކަން މަހްލޫފް ވަނީ ދެއްވާފައެވެ.

މަހްލޫފް ވިދާޅުވީ، ކަންކަން ހާސިލުކުރުމަށްޓަކައި ބޭނުންވާ މަންޒިލަށް ކުރާ ދަތުރުގައި ގިނަ ގޮންޖެހުންތަކެއް އަދި ދަތި އުދަގޫތަކުގެ އިތުރުން ހުރަސްތަކާއި ދިމާވާނެ ކަމަށެވެ. ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ހިތްވަރާއި ނުގުޑާ ޢަޒުމެއްގައި މަސައްކަތް ކޮށްފި ކޮންމެ ޒުވާނަކަށް އެ ފުރުސަތު އޮންނާނެ ކަމަށް މަޚުލޫފް ވިދާޅުވިއެވެ. ކުށްކުރުމާއި ވިޔާނުދާ އަމަލުތަކުން ދުރުވެ މުޖުތަމައަށް ފައިދާ ހުރި ބަޔަކަށްވުމަށް އަޒުމް ކަނޑައެޅުމަށް މިނިިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ކުޅިވަރު ތަރައްގީ ކޮށް ކުރިއެރުވުމަށް މީގެ ކުރީގެ ސަރުކާރުތަކުން ޚަރަދު ނުކުރާ ވަރަށް މި ސަރުކާރުން ޚަރަދު ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި ސަރުކާރުން ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އަލިއަަޅުއްވާލައްވާފައެވެ.

"ކުޅިވަރު ފެސިލިޓީސްތައް ޤާއިމްކޮށް، އެތުލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ތަފާތުކުރުންތައް ނައްތާލައި ޤައުމީ އެތްލީޓުންނަށްދޭ މުސާރައާ އިނާމު ފައިސާއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ސަރުކާރުން މިހާރު ގެނެސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށާއި، ފަންނުވެރި ޒުވާނުން އުފެއްދުމުގެ މަސައްކަތްތަކާއި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިފައިވާކަމަށްވެސް މިނިސްޓަރ މަޚުލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން