ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން މިދިޔަ މުއްދަތުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ޔޫތް ކޭމްޕް 2020" ފެށުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މަޚުލޫފް ވިދާޅުވީ ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ސާޅީސް އިންސައްތަ މަސައްކަތް ކުރެވެމުންދަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ޒުވާނުންނާއި ގުޅުހުންހުރި ދާއިރާތަކުން ގިނަ ކަންތައްތަކެއް ކުރެވި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް މީގެ ކުރިން މަތީ ތަޢުލީމު ހާސިލުކުރުމަށް ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދީފައިނުވާ މިންވަރަށް އެ ފުރުޞަތުވެސް ރައީސް އިބްރާހިމްގެ ސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ.
މަހްލޫފްގެ ވާހަކައިގައި އެކި ވުޒާރާތަކާއި ގުޅިގެން ކުރި މަސައްކަތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
"ކުޅިވަރު ފެސިލިޓީސްތައް ޤާއިމްކޮށް، އެތުލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
މި އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަހަކީ 22 އޮކްޓޯބަރ 2020 އެވެ. މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ އެއްބޭނުމެވެ. ދިވެހި ޒުވާނުންނަށް ހިތްވަރުދީ ޒުވާނުން މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަކީ މިނިސްޓްރީގެ އަދި ސަރުކާރުގެ އެއް މަޤްޞަދު ކަމަށް ބުނެފައި ވެއެވެ.
ކޮވިޑް 19 ގެ ސަބަބުން އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ގިނަ މީހުން އެއްތަނަކަށް ޖަމާކުރެވޭނެ ފަދަ އެއްވެސް ޙަރަކާތެއް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި މިނިސްޓްރީން ވަނީ ތަފާތު ގޮތްތަކެއް ޚިޔާރުކޮށްފައެވެ.

ޒުވާނުންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ޒުވާނުންނަށް އަރިސްކުރަން. 🇲🇻https://t.co/wJxwX8yCCE pic.twitter.com/CFDfSNVoyB
— Ahmed Mahloof (@AhmedMahloof) October 22, 2020
މަހްލޫފްގެ ވާހަކައިގައި އެކި ވުޒާރާތަކާއި ގުޅިގެން ކުރި މަސައްކަތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
"ކުޅިވަރު ފެސިލިޓީސްތައް ޤާއިމްކޮށް، އެތުލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
މި އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަހަކީ 22 އޮކްޓޯބަރ 2020 އެވެ. މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަކުރުމުގެ އެއްބޭނުމެވެ. ދިވެހި ޒުވާނުންނަށް ހިތްވަރުދީ ޒުވާނުން މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަކީ މިނިސްޓްރީގެ އަދި ސަރުކާރުގެ އެއް މަޤްޞަދު ކަމަށް ބުނެފައި ވެއެވެ.
ކޮވިޑް 19 ގެ ސަބަބުން އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ގިނަ މީހުން އެއްތަނަކަށް ޖަމާކުރެވޭނެ ފަދަ އެއްވެސް ޙަރަކާތެއް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި މިނިސްޓްރީން ވަނީ ތަފާތު ގޮތްތަކެއް ޚިޔާރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު