އަލްއުސްތާޛާ އާމިނަތު ރައިޝަމް
އަލްއުސްތާޛާ އާމިނަތު ރައިޝަމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛާ އާމިނަތު ރައިޝަމް، އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމުން އާމިނަތު ރައިޝަމް ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ރައިޝަމް ބޯޑުން ވަކިކުރުމާ ގުޅިގެން، އެމްޕީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ ޖުމްލަ ހަތް މެންބަރުންނެވެ. އެއީ:

އައިމިނަތު ހަމީދު - ޗެއާޕާސަން

ކެޕްޓަން ހުސައިން ޝަފީގު - ސީއީއޯ އަދި އެމްޑީ

މުހައްމަދު ލަމްއާން - ޑެޕިއުޓީ ސީއީއޯ

މުހައްމަދު ވަހީދު - ޑިރެކްޓަރު

އަހްމަދު އިލްޔާސް - ޑިރެކްޓަރު

އަހްމަދު އީހާބު - ޑިރެކްޓަރު

ފާތިމަތު ޝަފްގާ ރަފީއު - ޑިރެކްޓަރު

ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ.

އެމްޕީއެލްގެ ބޯޑަށް މި ގެނެވުނު ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.



ކިޔުންތެރިންގެ ހިޔާލު