ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕީޖީ ނިއްމެވި ނިއްމެވުމާއި ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ޖުޑީޝަލް ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަރީ ކޮމިޓީން މިމައްސަލަ ނިންމުމަށް ފާސްކޮށްފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ. ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެ މައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިމައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވީ އިއްޔެ އެވެ. އިއްޔެ އެކޮމިޓީގެ ބައްދަލުވުމެއް ބާއްވާ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްވެސް މިހާރު ވަނީ ނިއްމާފައެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ލިޔުމުން މަޢުލޫމާތު ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށާއި މި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރާ ގޮތަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ. ޕީޖީ ވިދާޅުވަނީ ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު