ހެލްތު މިނިސްޓްރީގެ ބިޑްކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
ހެލްތު މިނިސްޓްރީގެ ބިޑްކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން މީހުން ހާމަކޮށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކިޔައިދެއްވައި ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަަމަށް ހެލްތު މިނިސްޓްރީގެ ބިޑްކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ނިޝާމާ މުހަންމަދު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުން އޭނާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަަމަށެެވެ. އޮޑިޓް ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކޮށްފައި ވިޔަސް އެކަންކަމުގައި އޭނާ މަސައްކަތް ކުރެއްވީ އެއްވެސް ނުބައި ނިޔަތެއް އަދި ގާނޫނާ ޚިލާފު އަމަލެއް ހިންގަވާކަށް ނޫން ކަމަށް ނިޝާމާ ވިދާޅުވިއެވެ. އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ހާމަކުރެއްވުމުން ރައްކާތެރި ކަމުގެ ޔަގީންކަން ދެއްވުމަށް ނިޝާމާގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

"ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަމެވެ. އަދި މި މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމަށްޓަކައި ގާނޫނު ނަމްބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނު)ގެ ދަށުން އަޅުގަނޑަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދެމެވެ." ނިޝާމާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނިޝާމާގެ ވަކީލަކު ވިދާޅުވީ އެއީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުގެ ވަަރަށް ކުރީކޮޅު ރައީސް އޮފީހާ އެކު ކުރެވުނު މުއާމަލާތުތަކެއްގެ ތެރެއިން، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަން ނިޝާމާ ފޮނުއްވި ސިޓީއެއް ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު އިދާރާތަކުން ކުރިއިރު، ނިޝާމާ އަށް އެނގިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް، އަދި ކަން ހިނގި ގޮތް ތެދު ބަހުން ހިއްސާކުރައްވާފައިވާނެ ކަަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކޮށް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަަމަށެވެ. އެއްބަސްވުން ހެދީ ފައިސާ ދޫކުރި ފަހުން ކަމަށާއި 30 މިލިއަން ދޫކުރީ ޕަފޯމަންސް ގެރެންޓީއަކާ ނުލައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނު ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެމައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން