ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަހުމަދު ނަސީމް (ކެރެފާ ނަސީމް) ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ހޫދު ވިދާޅުވީ، ހުސްވެފައިވާ ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް ކެރެފާ ނަސީމް އިސްކުރައްވައި، މަގާމުގެ ފަތްކޮޅު މިއަދު ރައީސް އިބްރާހީމް އޭނާއާއި ހަވާލު ކުރަށްވާފައިވާ ކަމަށެވެ.
ހެލްތް މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރެއްވި ކެރަފާ ނަސީމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަސީމް މީގެ ކުރިން ވަނީ ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހެލްތު މިނިސްޓަރުގެ މަގާމަށް ކެރަފާ ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގެވި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ހުށައަޅާފައިވަނިކޮށެވެ.
އަމީން އަކީ ޖޭޕީގެ ސޮލެޓެއްގައި ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ ކެރަފާ ނަސީމް ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވީ އެމަގާމަށް ޖުމުހޫރީ ޕާޓީން ތިން ނަމެއް ފޮނުވާފައިވަނިކޮށް ކަމަށް އެނގިފައި ވެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީ ތަކަށް ދީފައިވާ ވަޒީރު ކަމުގެ ސްލޮޓް ތަކުގެ ތެރެއިން ކުރިން ހުސްވި އަދާލަތު ޕާޓީގެ ސްލޮޓެއްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. އަދި ރައީސް މައުމޫންގެ އެމްއާރްއެމަށް ދީފައިވާ ސްލޮޓެއް ހުސްވުމުން އެ ސްލޮޓްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު