އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އާ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އާ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު ކަމަށް އަހުމަދު ނަސީމް ( ކެރަފާ ނަސީމް) އައްޔަން ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު  ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމް، އެ މަގާމަށް މިއަދު އައްޔަންކުރައްވައި އޭނާ އަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މިއަދު ވަނީ ދެއްވާފައެވެ. ރައީސްގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި އަދި ތަޖުރިބާ ހުރި ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ރައީސްގެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަން." ރައީސް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ކެރަފާ ނަސީމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ އިސްބޭފުޅެކެވެ. އެނގިފައިވާގޮތުގައި ރައީސް އިބްރާހިމް ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ ނަސީމް އައްޔަން ކުރެއްވީ އެމަގާމަށް އައްޔަންކުރުމަށް ޖުމުހޫރީ ޕާޓީ އަށް ފެންނަ ތިން ނަމެއް ރައީސަށް ހުށައަޅާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން