ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)
ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ)
ހެލްތު މިނިސްޓަރުކަމަށް ކެރަފާ އަހުމަދު ނަސީމް އައްޔަންކުރީ ކޯވިޑަށް އިންޑިއާއިން އުފައްދާ ވެކްސިން ރާއްޖޭގައި ބޭނުންކުރަން ފަށަންކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ތުހުމަތު ކުރަށްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ބަޣާވާތްކުރުމުގެ ތާރީޚެއް އޮންނަ ކެރަފާ ނަސީމަށް ހެލްތު މިނިސްޓަރުކަން ދިނީ ދެ ސަބަބެއް އޮވެގެންކަމަށެވެ. އެގޮތުން އެއް ސަބަބަކީ އިންޑިއާއިން ތައްޔާރުކުރާ ކޯވިޑް ވެކްސިން ރާއްޖެ ގެނެސް ދިވެހިންގެ ގަޔަށް ޖެހުމެވެ. ނަސީމަށް މިނިސްޓަރުކަން ދިން އަނެއް ސަބަބަކީ އަމީން ކުރި ވައްކަމަށްވުރެ ބޮޑު ވައްކަމެއް ކުރުންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މިހާހިސާބަށް ދިޔައީމަ އަމީން ގުޅީ އިބްރާހިމް މުހައްމަދު ޞާލިހަށް، ގުޅާފައި މިއެހީ އަޅުގަނޑު ކިހިނެއްހޭ ހަދަންވީ.. ރައީސް ވިދާޅުވީ މީގައި ނެތޭ ހެދޭނެ އެއްގޮތެއްވެސް،. އެންމެ ރަނގަޅީ އަމީން އިސްތިއުފާ ދިނުމޭ. ތިމަންނާ އެބަޖެހެޔޭ ކޮންމެހެނެއް ހަދާފައިވެސް އިންޑިއާއިން މިތައްޔާރުކުރާ ވެކްސިން ދިވެހި ރައްޔިތުންގެ ގަޔަށް ޖެހޭނެ ގޮތެއް ހޯދަން. އެކަން ކުރެވެން އޮތީ ކެރެފާ ނަސީމަށް ހެލްތު މިނިސްޓަރުކަން ދީގެނޭ، އޭނައޭ މިކަހަލަ ބަޣާވާތެއް ހިންގަން އެންމެ ރަނގަޅުވާނީ. އޭނާއަކީ ބަޣާވާތްކުރަން ފަރިތަ މީހެކޭ، އެހެވޭ ހެލްތު ދާއިރާއިންކަމަށްވިޔަސް. މިލިޓަރީ ދާއިރާއިން ކަމަށްވިޔަސް، ކޮންމެ ދާއިރާއަކުންވިޔަސް ބަޣާވާތެއްް ކުރަން އެންމެ މޮޅުވާނީ ކެރަފާ ނަސީމޭ." އަދުރޭ ވިދާޅުވިއެވެ.

ނަސީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގައި ތައުލީމީ ޤާބިލް ޒުވާނުން ތިއްބާ އުމުރުން 70 އަހަރަށްވުރެ ދޮށީ ބޭފުޅަކަށް ހެލްތު މިނިސްޓަރުކަން ދިނުމުންވެސް، އޭގެ ފަހަތުގައި ގިނަ ކަންތައްތަކެއް ވާނޭކަން ޔަޤީންވާކަމަށެވެ.

"ނަސީމްގެ އުމުރުން 70އަށްވުރެ މައްޗަށް ހިނގައިދާނެ، 70 އަށްވުރެ މައްޗަށް ގޮސްފައި ހުރިމީހަކަށް މިއޮތް ތައުލީމީ އިލްމީ ޤާބީލް ގިނަ ޒުވާނުން ތިއްބާ، މިޒަމާނުގެ ތައުލީމަށް ލޯ ނުހުޅުވޭ އަދި ދުވަހަކުވެސް ހެލްތު ދާއިރާ ތަޖުރިބާކޮށްފައި ނެތް މީހަކަށް މިފަދަ މަޤާމެއް ދިނީމާ އެނގެންވާނެ އޭގެ ފަހަތުގައި ފޮރުވިފައި އޮތް އެހެން ކަމެއް އޮންނާނެކަން." އަދުރޭ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރުކަމަށް އަހުމަދު ނަސީމް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިއަދުއެވެ. އޭނާ އެމަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި އަބްދުﷲ އަމީންގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެގެން އިސްތިއުފާދެއްވުމާ ގުޅިގެނެވެ،


ކިޔުންތެރިންގެ ހިޔާލު


6

ހުސެން

24-Oct-2020

ތަޖުރިބާ ހޯދައިގެން އައި ޒުވާނުންގެ ހިންގުން ތެރިކަން މިހާރު ފެނިއްޖެ. އެމް އެމް ޕީ އާރ ސީ އޮޕަރޭޝަނާ ވަރަށް އެއްވައްތަރު. ޒިއްމަ ވާނެ އެއްވެސް މީހެއް ނުފެނުނު. ފައިސާ ހިނގައްޖެ. ވެންޓިލޭޓަރެއް ނާދޭ. ާ


14

ކުރަފި

23-Oct-2020

ތަފާތު ފައިދާބޮޑު ބޭސް ، ކުރަފި ބޭނުންކޮށްގެން އުފައްދާފައި ހުރޭ


2

އަހުމަދު

23-Oct-2020

ވަގުންނަ ހީވާނެ ދެންވެސްތިބީ ހުސް ވަގުންނޭ.


8

އަހުމަދު

23-Oct-2020

ވަގުންނަ ހީވާނެ ދެންވެސްތިބީ ހުސް ވަގުންނޭ.


13

މިޝްކާ

23-Oct-2020

މާލެއަށް އުފަން މިޝްކާ އަކީ، ތުއްތުތުއްތު ހަތަރު ކުދިންގެ މައެކެވެ. އެކަނިވެރި މައެކެވެ. ފިންޏަކުން އަދި ކީއްތަ، ގިންޏަކުން ދަފަރާވާނެ ހިޔާވައްސެއްނެއް ނިކަމެތި ކަނބަލެކެވެ. މިޝްކާގެ މަންމަގެ ގެދޮރު މާލޭގައިހުރި ނަމަވެސް، އެ ގެއަކީ ޖާގައިގެގޮތުން ތަނަވަސްކަމެއްނެތް ގެއެކެވެ. ފަސްފޫޓު ހަތަރުފޫޓުގެ ކުޑަކުޑަ ކޮޓަރިއަކާއި ސިޓިންރޫމެއް ހިމެނޭ، އެ ގޭގައި ދިރިއުޅެންތިބި މީހުންނަށް ބަލާއިރު ގޮތްހުސްވާވަރުވެއެވެ. އެހެނީ މިޝްކާގެ މަންމައަކީ ދަރިންގިނަ މީހެކެވެ. ކަން މިހެންހުރިއިރު މިޝްކާއާއި މިޝްކާގެ ދަރިންނަށް، އެ ގޭގައި އުޅެވޭނީ ކޮންފަދައަކުންތޯއެވެ!  މީގެ އިތުރުން، މިޝްކާއާއި މިޝްކާގެ ދަރިންނަށް، އެ ގޭގައި ނޫޅެވޭނެ އިތުރު ސަބަބަކަށް އަވަސް ކަޅިއެއް އެއްލަވަން ހިންގަވާށެވެ! އަޅުގަނޑު ނަޒަރެއް މިދެނީ، މިޝްކާގެ ހިތްދަތި މާޒީގެ ޞަފުހާތަކެއްގެ މައްޗަށެވެ. މީގެ ފަސްއަހަރު ކުރިއެވެ. އޭރު މިޝްކާ ދިރިއުޅެމުންއައީ، މިޝްކާގެ މަންމަގެ ގޭގައެވެ. އަޅުގަނދޫ އިސްވެ ބަޔާންކުރި ފަސްފޫޓު ހަތަރުފޫޓުގެ ކުޑަކުޑަ ކޮޓަރީގައެވެ. އޭރު މިޝްކާގެ ދޮށީ ދަރިފުޅު މާޝާ( އަސްލު ނަމެއްނޫން) ގެ ޢުމުރުން އެންމެ ހަތަރު އަހަރެވެ. މިޝްކާގެ އެއްބަނޑު ބޭބެ ޒާހިދަކީ އެހެން ގެއެއްގައި ދިރިއުޅެމުންދާ މީހެއްކަމުގައިވިޔަސް، އޭނާއަކީ މިޝްކާ ދިރިއުޅެމުންދާ ގެއަށް، ވަރަށް ގިނައިން ގޮސްއުޅޭ މީހެކެވެ. ޒާހިދުގެ ވެސް މަންމަގެ ގެއަށްވުމާއެކުގައެވެ. މިހެންގޮސް އުޅުމުގެތެރޭގައި ތުއްތުތުއްތު މާޝާއަށް ޖިންސީ ގޯނާކުރަން ފެށިއެވެ. ވޮށިމަސް މިޔަރު މަސްބުރިއަށް ބަލަހައްޓައިގެން އޮންނަހެން، ޒާހިދުގެ ލޯ އަމާޒުކޮށްކޮށް ހުންނަނީ، އެ މައުސޫމު ކުޑަކުޑަ ހަށިގަނޑުގެ ޖިންސީ ގުނަވަންތަކަށެވެ. ލަދެއްތަދެއް އަގަލެއް ކުލުނެއް ކޮބައިތޯއެވެ! އެންމެ ފަހުން ބަނޑުހައިވެފައިވާ މިނިކާވަގެއް ފަދައިން، އެ ފަކީރު ޝިކަރާކޮށްލިއެވެ. މީގެ ފަންސަވީސް އަހަރު ކުރިން ވެސް، ޒާހިދުވަނީ ދެ މަހުގެ ތުއްތުތުއްތު ކުއްޖަކު ހަމަ އެފަދައިން ޝިކާރަކޮށްލައިފައެވެ. ހަމަ އެހެންމެ މީގެ ވިއްސަކަށް އަހަރު ކުރިން ޒާހިދުވަނީ، ފަސްއަހަރުގެ ކުއްޖަކު ޝިކާރަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ކަން މިހެން ހުރިއިރު، މިޝްކާއަށް އެ ގޭގައި ދިރިއުޅެވެން އެބައޮތްތޯއެވެ؟ މިހާ ހިސާބުން، ތިޔައިގެތެރެއިން ބޭފުޅަކުގެ ހިތުގައި ސުވާލެއް އުފެދުން އެކަށީގެންވެއެވެ. ހާލަތު މިހެން ހުރިއިރު، މިޝްކަގެ ހާލު މިހެން ހުރިއިރު، އެ ލޯބިލޯބި ދަރިންގެ ބައްޕަ ކޮބައިތޯއެވެ؟ މިޝްކާގެ ދިރިއުޅުން ފުން ވަޅުގަނޑެއްގެތެރޭގައި ވާއިރު، އެ ދަރިންގެ ބައްޕަ އަޅައިނުލަނީތޯއެވެ؟ ނުވަތަ އޭނާ މި ދުނިޔޭގައި ނެތީތޯއެވެ؟ ނޫނެކެވެ. އެ ނިކަމެތި ކުދިންގެ ބައްޕަނެތީއެއް ނޫނެވެ. އަޅައިނުލަނީއެއް ވެސް ނޫނެވެ. މި ދުނިޔޭގައި ނެތީއެއް ވެސް ނޫން، އިނގޭތޯއެވެ! އޭނާ އެބަހުއްޓެވެ. ގަދަވެ ސަލާމަތުން އެބަހުއްޓެވެ. އެހެންނަމަވެސް މީހަކަށް އެހީތެރިކަމެއްދެވޭ ހާލަތެއްގައެއް ނޫނެވެ. އަދި ކީއްތަ، އޭނާ ހުރީ، އެ ކުދިންނަށް ފެންނަ ހިސާބަކު ވެސް ނޫނެވެ. އޭނާހުރީ ކޮންތާކު ކަމަށްތޯއެވެ! އާދޭހެވެ! އޭނާހުރީ ޖަލުގައެވެ. މުޅި ޢުމުރަށް ޖަލުގެ ތޭރިތަކުގެތެރޭގައި ގައިދުވެފައެވެ. ވީއިރު އޭނާގެ ދަރިންނަށް އަޅައިލެވޭނެ އެއްވެސްގޮތެއް އޮންނާނެތޯއެވެ؟ ޔަޤީނެވެ. ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އަމިއްލަ ނަފުސަށް އަޅައިނުލެވުމުގެ ސަބަބުން ޖަލުގައި ގައިދުވެފައި ހުރިމީހަކަށް، އެހެންމީހަކަށް އަޅައިލެވޭނެ އެއްވެސްގޮތެއް ނޯންނާނެއެވެ. މިޝްކާއަކީ މިހާރު އެކަނި ދިރިއުޅެމުން އަންނަމީހެކެވެ. ރަޙުމަތްތެރިއެއްގެ އެހީތެރިކަމުގައި ދިރިއުޅެމުން އަންނަ ހިތްވަރުގަދަ ކަނބަލެކެވެ. މީގެ އިތުރުން، މިޝްކާއަކީ ބޯހިޔާވަހިކަން ހޯދުމަށްޓަކައި ފުލެޓަށް އެދި ފޯމު ހުށަހަޅައިފައިވާ މީހެކެވެ. މި ގޮތުން، މިޝްކާ އެންމެ ފުރަތަމަ ފޯމު ހުށަހަޅައިފައިވަނީ، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ދައުރުގައެވެ. އެ ފަހަރު އެކަނިވެރިމައިންގެ ކެޓަގަރީން މިޝްކާއަށް ނުވަދިހަ ހަތަރު ޕޮއިންޓު ލިބުނެވެ. ނަމަވެސް އެތައް ދުވަހެއްވީއިރު ވެސް، ފުލެޓެއް ނުލިބުނެވެ. މި ވަރުން ވެސް މިޝްކާ ޢަޒުމާއެކު މަސައްކަތްކުރިއެވެ. ރައީސް ޔާމިނުގެ ދައުރުގައި ފުލެޓަށްއެދި މިޝްކާގެ ދެވަނަ ފޯމު ހުށަހެޅިއެވެ. މި ފަހަރު މިޝްކާއަށް ލިބުނީ އައްދީހަ ޕޮއިންޓެވެ. ހަމަ އެހެންމެ ޑޮކުޓަރު މުޢިއްޒުގެ މިނިސްޓަރުކަމުގައި ހައުސިން މިނިސްޓުރީންވަނީ ފުލެޓު ހަމަޖެހުނުކަމުގެ ލިޔުން މިޝްކައާއި ހަވާލުކުރައްވާފައެވެ. އެހެންނަމަވެސްތޯއެވެ. އަދި އަދަށްދާންދެން ވެސް، މިޝްކާ އުޅެމުންދަނީ ވަރަށް ނިކަމެތި ޙާލެއްގައެވެ. ފުލެޓެއް ކީއްކުރަން، ފުލެޓެއްގެ ހިޔަނި ވެސް ނުލިބިގެންނެވެ. ހާލަތު މިހެން ހުރުމާއެކު ހިނގަމުންމިދާ ސަރުކާރަށް ވެސް، މިޝްކާވަނީ ސިޓީ ހުށަހަޅައިފައެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރުމަށް، ރައީސް އޮފީހަށް ސިޓީ ހުށަހެޅިއެވެ. އާދޭހެވެ. މިޝްކާގެ ހާލަތު، މިޝްކާގެ ދުލުން ރައީސްއާއި ހިއްސާކުރުމަށެވެ. ސިޓީގެ ޖަވާބަކަށްވީ ރައީސް އޮފިހަށް މިޝްކާ ދިއުމަށެވެ. ރައީސް އޮފީހަށް ދިއުމުން، އެ ތަނުގެ މުވައްޒަފަކު ބުނުއްވީ ރައީސް އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށާއި، ރައީސްއާއި ބައްދަލުކުރެވެން ނެތްކަމަށާއި، މިޝްކާގެ ހާލަތު ހިއްސާކުރުމަށެވެ. ރަނގަޅު މަގެއް ފެނިދާނެކަމުގެ އުއްމީދާއެކު މިޝްކާގެ ހާލަތު ވަރަށް ސާފުކޮށް، އެ މުވައްޒަފާއި ހިއްސާކުރިއެވެ. ވަންނާނެ ގެދޮރެއް ނެތްކަމަށާއި، ބޯހިޔާވަހިކަން ލިބޭނެގޮތެއް ހަމަޖައްސައިދެއްވުމަށް އަސަރާއެކު ދެންނެވިއެވެ. އެހެންނަމަވެސް އެ މުވައްޒަފުގެ ޖަވާބޭތޯއެވެ! އާދޭހެވެ. މިޝްކާ އަވަހަށް ކައިވެނި ކުރާށެވެ. އަދި ގޭގެއަށް ގޮސް ކައްކައިދީ ހަދައިގެން ދިރިއުޅުމަށް ބޭނުންވާ ލާރި ހޯދާށެވެ. ސުބުޙާނަﷲ! މިހުރީ ރައީސް އޮފީހުގެ ހާލަތެވެ. ވެރީންގެ ހުރި ރަޙުމްކުޑަކަމެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ ޝުޢޫރުތައް، އަޑުއެއްސެވުމުގެ ޤާބިލުކަން ވެސް ނެތެންނޫންތޯއެވެ! އެއްވެސް ޝައްކެއްނެތެވެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގަނަތެޅުވުމަށެވެ. ރައްޔިތުން ވާވެއްދުމަަށެވެ. ގުނބޯ ހެއްދުމަށެވެ.


5

ހާސިންޖި

23-Oct-2020

ސާބަހޭ އަދިރޭ އަށް ކަލޭ ރަަނގަޅު އެހެންމީހުނަށް ވަގަށް ގޮވަން ތިނޫން މީހަކު ބުނި ނަމަތާ ރައްޔަތު މީހާވެސް އެއްޗެކޭ ހިތުލާނީ ވަގެއް ބުނީމާ އަންނާނީ ފާޑެއްގެ ރަކި ހިންޏެއް މިދާކަށް ދުވަހު އަދުތޭ އޭކިޔާފައި 💯ތެދު ވާހަކަ ތަކެއް މީޑިޔާއަށް އެ ތިލަކޮށްލީ މަށަށް އަދި ކުރިމް ނޭންގޭ ކަމެއް އެއީ މަނިކުފާނު ވާހަކަ ދެއްކިޔަސް ދެން އެހެން ކޮންމެވެސް އެއްޗެކޭ ކިޔާ ވަގޭ ނުކިޔާ ހައްތާ ވާނި ފަލީހަތް މަ ނުދައްކާނަން އަތޮޅުވެރިޔާގެ އެހީތެރިޔަކަށް ހުރެ އަތޮޅުވެހި ހަދަން ހެނައި ތަކެތިން ގެ ހަދާލި ބާހަކަ އެއް އަދި ކޮބާ އެތާހުރި ޓައިލްސް ދޮރުފޮތި ގޮޏޑިމޭޒު ހަމަ އެއްކުލަޔަކުން މިވެދާނެ އިއްތިފާގަކަށްވެސް ދެއްތޯ އެކަމު ސުނާމީގައި ހެދި ބިލްތަކޯ އޯކޭ ދެން މަ ނުކިޔާނަން އެކަމު ދެން ވައްކަން ވާހަކަ ނުދައްކާތި


8

ލޮލް

23-Oct-2020

އެބުނާހެން އަދުރޭ ކަހަލަ ޒުވާން ލޫޅާފަތި މީހަކަށް ދިންނަމަ މިނިސްޓަރުކަން. އަދުރޭ އަދި ޓީންއޭޖުގަ


13

ރާއްޖެތެރޭމީހާ

23-Oct-2020

މިހިރަ ބޮޑަވަގާ ޔާމީނުވެރިކަމު ކޭލެއްމަދަވެގެންތެ ތެއްއޮޅެނޫ


-2

ފަރުހާން

23-Oct-2020

ހަމަ ޔަގީނުންވެސް ނަސީމް އަދުރޭއަށްވުރެ އެތައްގުނައެއް މޮޅުވާނެ. އަދުރޭއަށް އިގިރޭސިން ބަހެއް ބުނެލަން ނޭގުނަސް ނަސީމް އަކީ އެކަމަށް ފަރިތަ ބޭފުޅެއް. އަދުރޭގެ ކޮންތައުލީމަކާ ގާބިލް ކަމެއް ހުރެގެންބާ އަގަފުޅާ ކޮށްފަ ވާހަކަ ދައްކަނީ. އަދުރޭގެ ވައްކަމުގެ ތަޖުރިބާ އާއި ގާބިލްކަން ބިޑޮކަމަށް އަޅުގަނޑުވެސް ގަބޫލްކުރަން.


10

މެތޭ

23-Oct-2020

އޮޅިގެން ނަމަވެސް މިފަހަރު ތިއޮތީ ހިސާބު ދިމާކުރެވިފަ



ޓްރެންޑިން