ރައީސް އިބްރާހިމް އާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރައީސް އިބްރާހިމް އާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ހެލްތް މިނިސްޓަރުގެ މަގާމަށް އަންޔަން ކުރަން ޖެހޭނީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއް ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ވަނީ ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ހ. ހިކިފިނިފެންމާގޭ އަޙްމަދު ނަސީމް އިސްކުރައްވައި، އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވާފައެވެ. ރައީސް މުހަންމަދު ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ ކެރަފާ ނަސީމް އެމަގާމަށް އައްޔަންކުރެއްވީ ޖުމުހޫރީ ޕާޓީގެ ފަރާތުން އެމަގާމުގައި ހުންނެވި އަބުދުﷲ އަމީން އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިސްތަށިފުޅުގައި ތުހުމަތު ތަކެއް އެޅި އެކަމާއި ވިއްދައި އޭނާ މަގާމުން ދުރުކުރަން އެމްޑީޕީން މަސައްކަތް ފެށުމުން ގޮތް ހުސްވެގެންނެވެ.

ހެލްތު މިނިސްޓަރ ގެ މަގާމަކީ ސަރުކާރު ކޯލިޝަންގައި ޖުމުހޫރީ ޕާޓީއަށް ދީފައިވާ ސޮލެޓެކެވެ. ރާއްޖޭގެ އޮންލައިން މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް އިބްރާހިމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ ނަސީމް މިއަދު އައްޔަންކުރެއްވީ އެމަގާމަށް އައްޔަންކުރުމަށް ޖުމުހޫރީ ޕާޓީން ފަސް ނަމެއް ފޮނުވާފައިވަނިކޮށް ކަމަށެވެ.

ޖޭޕީގެ އެ ސްލޮޓަށް ޝައުގުވެރިކަން ފާޅުކުރެއްވި ޖޭޕީގެ އިސް ފަސް ބޭފުޅެއްގެ ނަންފުޅު ރައީސަށް ފޮނުއްވި ކަމަށާއި ނަމަވެސް އެ މަގާމަށް ވަކި ބޭފުޅަކު އައްޔަން ކުރެއްވުން އެއީ ރައީސްގެ ނިންމެވުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެބޭފުޅުންނަށް (ރައީސް ސޯލިހަށް) ފެނިވަޑައިގަންނަވާ ގާބިލް ބޭފުޅެއް އެމަގާމަށް ހަމަޖެއްސުން އެއީ އެމަނިކުފާނު ރުހިވަޑައި ނުގަންނަވާ ކަމެއް ނޫން ކަމަށެވެ.

"މި ވަގުތު ބޭނުންވަނީ ގައުމަށް ހިދުމަތްކޮށްދެވޭނެ، ވަރަށް ކެޕޭސިޓީ ހުރި ބޭފުޅެއް އެ މަގާމަށް. އެ ބޭފުޅެއްގެ ޕާފޯމަންސް ޕްރޫވް ކުރެވެން ޖެހޭނެ ބޭފުޅެއް." ޤާސިމް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީ ތަކަށް ދީފައިވާ ވަޒީރު ކަމުގެ ސްލޮޓް ތަކުގެ ތެރެއިން ކުރިން ހުސްވި އަދާލަތު ޕާޓީގެ ސްލޮޓެއްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. އަދި ރައީސް މައުމޫންގެ އެމްއާރްއެމަށް ދީފައިވާ ސްލޮޓެއް ހުސްވުމުން އެ ސްލޮޓްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މީގެ ކުރިން ވިދާޅުވީ ސަރުކާރު އޮތީ ކޯލިޝަން އާއި އެކުގައި ކަމަށާއި ، ކޯލިޝަންގައި ޕާޓީތަކަށް އޮތް ހިއްސާ އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން." ރައީސް އިބްރާހީމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނަހޫ

24-Oct-2020

ބުރުމާޔަށް ވަރިހަމަވާނެ އޭނަގެ އަންހެނުން މިނިސްޓަރުކަމުގައި ބަހައްޓަނިކޮށް. އަންހެނުންގެ މަގާމް ގެއްލިއްޖެއްޔާ މިހާރުވެސް ނުކުންނާނެ ގައުމަށްޓަކައި ދީނަށްޓަކައި ކިޔަމުން.


7

ސްޓަރ

23-Oct-2020

އެގޮތަށް މަޑުމަޑުން އެހެންޕާރޓީތަކަށްދީފަހުރި މަޤާމްތައް އަތުލަމުން އެދަނީ މަކަރާޙީލަތުގެރެއިން ޔަހޫދީންގެއިރުޝާދުގެދަށުން ދުވަސްކޮޅަކުން ދިވެހިންނަށް ދިވެހިރާއްޖެވެސްގެއްލޭތަން މިގޮތަށްދާނަމަގެއްލޭނެ. އެޔަހޫދީންގެއަޅުންނަށް ދިވެހިންވެގެނދާތަން ލަހެއްނުވެފެނިގެންދާނެ. ދިވެހިންނޭ ހޭއަރާވިސްނާކަށްނުވޭތޯ..؟



ޓްރެންޑިން