ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމު ނުވަތަ ކެރަފާ ނަސީމަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ނަސީމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ތޯ އާއި ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއްގެ މެދު ތެރެއިން ނަތީޖާ ނެރެދެވޭނެތޯ ސުވާލު އުފައްދަވާފައިވެއެވެ. އަދި ސަރުކާރު ކޯލިޝަންގެ އެއްބަސްވުމަށް ދެން ވާނީ ކިހިނެއްތޯ ވެސް ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީ ތަކަށް ދީފައިވާ ވަޒީރު ކަމުގެ ސްލޮޓް ތަކުގެ ތެރެއިން ހެލްތް މިނިސްޓްރީ އަކީ ޖުމުހޫރީ ޕާޓީގެ ސޮލެޓެެކެެވެ. ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އެމްޑީޕީގެ އިސްބޭފުޅެއް ކަމަށް ކެރަފާ ނަސީމް އައްޔަންކުރުމުން ޖޭޕީގެ ސްލޮޓް ވަނީ ގެއްލިފައެވެ. ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ ނަސީމް އައްޔަންކުރެއްވީ ޖޭޕީގެ ފަރާތުން އެމަގާމަށް ފަސް ބޭފުޅެއްގެ ނަންވެސް ރައީސަށް ފޮނުއްވާފައިވަނިކޮށެވެ. ޖޭޕީގެ ފަރާތުން މަގާމަށް ނަންތައް ހުށައެޅުއްވިކަން އެޕާޓީގެ ލީޑަރު އަދި ކޯލިޝަން ސަރުކާރު ގެނައުމަށް ޖާނާއި މާލުން ގުރުބާން ވެވަޑައިގެންނެވި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވަނީ ކަށަވަރުވެސް ކޮށްދެއްވާފައެވެ.

މީގެ ކުރިން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. އަދި ރައީސް މައުމޫންގެ އެމްއާރްއެމަށް ދީފައިވާ ސްލޮޓެއް ހުސްވުމުން އެ ސްލޮޓްވެސް ވަނީ އެޕާޓީއަށް ގެއްލިފައެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މީގެ ކުރިން ވިދާޅުވީ ސަރުކާރު އޮތީ ކޯލިޝަން އާއި އެކުގައި ކަމަށާއި ، ކޯލިޝަންގައި ޕާޓީތަކަށް އޮތް ހިއްސާ އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރު ތަކުން ގިނަ ބަޔަކު އަންނަނީ ރައީސް އިބްރާހީމްގެ އެ ވާހަކަފުޅުތަކާއިމެދު ސުވާލު އުފަށްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން