ފުލުހުންގެ މައިއިދާރާ
ފުލުހުންގެ މައިއިދާރާ
ޓުއަރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ޓުއަރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓިންއެއްގައި ބައިވެރިވި މީހަކު ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުންނަށް މިއަދު ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަޙްޤީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެ ކުރިންވެސް މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުން ރައީސް އިބްރާހީމަށް ހުށަހަޅާފައިވެއެވެ. އެކަމާ ގުޅިގެން ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މަޤާމުން ވަކިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން