މިއަދު ވަރަށް ހެނދުނުން ފެށިގެން މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑުނީ މިއަދު ހެނދުނު 7:00 ހާއިރުން ފެށިގެންނެވެ. ސްޓެލްކޯއިން ކުރިން ބުނަމުން ދިޔައީ ގަޑިއެއްހާއިރު ފަހުން މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުނުތާ ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ވީއިރުވެސް ކަރަންޓުގެ ޚިދުމަތް އަނބުރާ ނުލިބެއެވެ.

ސްޓެލްކޯއިން ބުނަނީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސަބަބު ސްޓެލްކޯއަކުން އަދި ހާމައެއް ނުކުރެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެއާއި ވިލިމާލެއަކީ ކަރަންޓުގެ ޚިދުމަތް ވަކިން ދޭ ދެ ސަރަހައްދު ކަމަށްވާތީ ހުޅުމާލެއާއި ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތަކަށް ބުރުލެއް ނާރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން