މާލެއިން މިއަދު ކަރަންޓު ކެނޑުމާއެކު ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޚިދުމަތްތަކާއި، ދިރާގުގެ އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފިއެވެ.
މިއަދު ހެނދުނު 7:00 ން ފެށިގެން މާލެއިން ކަރަންޓް ކެނޑިފައިވާއިރު 5 ގަޑިއިރު ފަހުން މިހާރުވަނީ ކަރަންޓްގެ ޚިދުމަތް އަލުން އަނބުރާ ލިބެންފަށާފައެވެ. ކަރަންޓް ކެނޑުމާ ގުޅިގެން ދިރާގު އިންޓަނެޓާއި، ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތި ވެފައިވާކަމަށެވެ. އެގޮތުން މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލް އިން ބުނީ އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ދިރާގުން ބުނެފައިވަނީ، ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ދިމާވެފައިވާ ބައެއް ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރާގުގެ މޯބައިލް ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މޯބައިލް ސެލް ސައިޓްތައް މިހާރު އޮޕަރޭޓް ކުރަމުން ދަނީ ވެސް ބެކަޕް ބެޓެރި މެދުވެރިކޮށް ކަމަށާއި، ނަމަވެސް ކަރަންޓް ކެނޑި ގިނަ ވަގުތުތަކެއް ވެފައިވުމުގެ ސަބަބުން ސެލް ސައިޓްތައް ފެއިލްވުން އެކަށީގެންވާ ކަމަށެވެ.
ނަމަވެސް މާލެއިން ކަރަންޓް ކެނޑިފައި ވަނިކޮށް ކޮމިއުނިކޭޝަން މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ކަރަންޓުގެ ހިދުމަތަށް ބުރޫ އެރި ވަގުތު ވެސް މެދުކެނޑުމެއް ނެތި ގަވް.އެމްވީގެ އޮންލައިން ހިދުމަތްތައް ދެވިފައިވަނީ މި ސަރުކާރުގެ ކުރީކޮޅު ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑޭޓާ ސެންޓަރުގެ ޕަވަރ ސިސްޓަމް ވަރުގަދަ ކުރުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މާލޭގެ ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައިގެން ދިރާގު ފަދަ ސަރުކާރު ހިއްސާވާ ގައުމުގެ މައި މުވާސަލާތީ ކުންފުނިން އެންމެ ފަސްގަޑިއެއްހާއިރަށް ޚިދުމަތް ނުދެވި ދިއުމަކީ އެކުންފުނި މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރާއި މެދު ސުވާލު އުފެދޭނެ ކަމެކެވެ. އެކުންފުންޏަކީ ރައްޔިތުން "ފެލާލައިގެން ވެސް" ބޮޑު ފައިދާ ހޯދާ ކުންފުންޏެއްގެ ގޮތުގައި ރައްޔިތުން ސިފަކުރާ ކުންފުންޏަކަށްވާއިރު ކުންފުނީގެ މިފަދަ ކަމެއްގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކޮށްފައި ނުވާކަމީ މިއަދު ގިނަ ބަޔަކު އެކުންފުނިން ބުނާ ތަރައްގީއާމެދު ސުވާލު އުފައްދާފައިވާ ކަމެކެވެ.
މިއަދު ހެނދުނުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދުތަކުން ކަރަންޓު ކެނޑުން ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް ސްޓެލްކޯ އިން މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށާފަ އެވެ.

Due to a technical issue, customers may experience interruptions to our Internet Banking and Mobile App service. We are working to resolve this as soon as possible. Our apologies for any inconvenience caused.
— Bank of Maldives (@bankofmaldives) October 23, 2020
މީގެ އިތުރުން ދިރާގުން ބުނެފައިވަނީ، ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ދިމާވެފައިވާ ބައެއް ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރާގުގެ މޯބައިލް ހިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މޯބައިލް ސެލް ސައިޓްތައް މިހާރު އޮޕަރޭޓް ކުރަމުން ދަނީ ވެސް ބެކަޕް ބެޓެރި މެދުވެރިކޮށް ކަމަށާއި، ނަމަވެސް ކަރަންޓް ކެނޑި ގިނަ ވަގުތުތަކެއް ވެފައިވުމުގެ ސަބަބުން ސެލް ސައިޓްތައް ފެއިލްވުން އެކަށީގެންވާ ކަމަށެވެ.
During this commercial power failure in Male’, our mobile cell sites are continuing to operate on battery backup. However, prolonged commercial power outage may result in failure of cell sites, interrupting mobile services for our customers in Malé.
— Dhiraagu (@Dhiraagu) October 23, 2020
ނަމަވެސް މާލެއިން ކަރަންޓް ކެނޑިފައި ވަނިކޮށް ކޮމިއުނިކޭޝަން މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ކަރަންޓުގެ ހިދުމަތަށް ބުރޫ އެރި ވަގުތު ވެސް މެދުކެނޑުމެއް ނެތި ގަވް.އެމްވީގެ އޮންލައިން ހިދުމަތްތައް ދެވިފައިވަނީ މި ސަރުކާރުގެ ކުރީކޮޅު ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑޭޓާ ސެންޓަރުގެ ޕަވަރ ސިސްޓަމް ވަރުގަދަ ކުރުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް މާލޭގެ ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައިގެން ދިރާގު ފަދަ ސަރުކާރު ހިއްސާވާ ގައުމުގެ މައި މުވާސަލާތީ ކުންފުނިން އެންމެ ފަސްގަޑިއެއްހާއިރަށް ޚިދުމަތް ނުދެވި ދިއުމަކީ އެކުންފުނި މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރާއި މެދު ސުވާލު އުފެދޭނެ ކަމެކެވެ. އެކުންފުންޏަކީ ރައްޔިތުން "ފެލާލައިގެން ވެސް" ބޮޑު ފައިދާ ހޯދާ ކުންފުންޏެއްގެ ގޮތުގައި ރައްޔިތުން ސިފަކުރާ ކުންފުންޏަކަށްވާއިރު ކުންފުނީގެ މިފަދަ ކަމެއްގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކޮށްފައި ނުވާކަމީ މިއަދު ގިނަ ބަޔަކު އެކުންފުނިން ބުނާ ތަރައްގީއާމެދު ސުވާލު އުފައްދާފައިވާ ކަމެކެވެ.
Hukurudhuvahuge office thah bandhu kohfaivanikoh mulhi Male' in current dhiyumaa eku, NCIT ge staffunah data centre ah haaziruve equipment thah rahkaatheri kurumah alhanjehey fiyavalhuthah elhumah ekasheegenvaa vaguthu libunee misarukaarun gaaim kohdhin UPS system ge sababun.
— Ministry of Communication, Science and Technology (@MoCSTmv) October 23, 2020
މިއަދު ހެނދުނުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދުތަކުން ކަރަންޓު ކެނޑުން ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް ސްޓެލްކޯ އިން މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު