މިއަދު ހެނދުނު އައިޖީއެމްއެޗާ ދިމާއިން މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނު ޒުވާނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮށްވާ ފެނުނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އައިޖީއެމްއެޗާއި ދިމާ މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:40 ހާއިރު ކަމަށެވެ.
އޭނާގެ ހަށިގަނޑުގައި ސީރިއަސް ޒަހަމްތަކެއް ހުރި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުން އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ކަމާބެހޭ ދަޢުލަތުގެ އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު