އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ޚަރަދުތައް އިންތިހާއަށް އިތުރުވަމުންދާތީ، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން އިތުރު 80 ބިލިއަން ޑޮލަރުގެ ކުއްލި ބަޖެޓެއް ހޯދުމަށް ކޮންގްރެސްގައި އެދިފައިވާ ކަމަށް "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފިއެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ޚާއްސަކޮށް، ތެލުގެ އަގު އުފުލި، އިންފްލޭޝަން މަތިވަމުންދާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ހޭދައެއް ކުރުމަކީ ރައްޔިތުންނަށް އުފުލަންޖެހޭ ބޮޑު ބުރައެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ.
މި ފައިސާއަށް އެދިފައި މިވަނީ، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ "ސްޓްރެއިޓް އޮފް ހޯމޫޒް" އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީ ސްޓީފަން ފެއިންބާގް ވިދާޅުވި ގޮތުގައި، ކޮންގްރެސްއިން މި ބަޖެޓް ފާސްކޮށްނުދީފިނަމަ، ކުރިއަށް އޮތް މަސްތަކުގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ޕެންޓަގަނުން ހުސްވެދާނެއެވެ. އަދި އިތުރު ފަންޑު ނުލިބިއްޖެނަމަ، ސިފައިންގެ ތަމްރީނުތަކާއި، ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްތައް ހިމެނޭހެން އަސްކަރީ ހަރަކާތްތައް މަދުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީރާނާ ގުޅުންހުރި އަސްކަރީ ކަންކަމަށް މިހާތަނަށް ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރު ވަނީ ހޭދަވެފައެވެ. ނަމަވެސް، އިދިކޮޅު ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި، އީރާނުގެ ހަމަލާތަކުން ލިބުނު ގެއްލުންތަކާއި އެހެނިހެން ނުސީދާ ޚަރަދުތަކަށް ބަލާއިރު، ހަގީގީ ހޭދަ މިއަށްވުރެ މާ ބޮޑުވާނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ހަތިޔާރުގެ ރައްކާ ހުސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ފަދަ ނިންމުންތަކެއް ވަނީ ފެނިފައެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ޓައިވާނަށް ހަތިޔާރު ވިއްކުން މަޑުޖައްސާލާފައިވާކަން ކަނޑުގެ ސިފައިންގެ އިސް އޮފިޝަލަކު ވަނީ ހާމަކުރައްވާފައެވެ. ހުށަހަޅާފައިވާ 80 ބިލިއަން ޑޮލަރުގެ ބަޖެޓް ފާސްވެއްޖެނަމަ، އެ ފައިސާ ބޭނުންކުރާނީ ހަތިޔާރު އުފެއްދުމަށާއި، ސިފައިންގެ މުސާރަ ދިނުމަށާއި، އަދި ކަނޑުގެ ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް، މި ހުށަހެޅުމަށް ސިޔާސީ އަދި ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ކޮންގްރެސްގެ ބައެއް މެންބަރުން ވިދާޅުވަމުންދަނީ، މި ހަނގުރާމައަކީ ކޮންގްރެސްގެ ރަސްމީ ހުއްދައެއް އޮވެގެން ކުރިއަށްގެންދާ ހަނގުރާމައަކަށް ނުވާތީ، އިތުރު ފައިސާ ދިނުމަށް ދެކޮޅު ހައްދަވާނެ ކަމަށެވެ.
ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި، ރައީސް ޓްރަމްޕް ވަނީ ގާނޫނީ އިމުން ބޭރުން، ކޮންގްރެސްގެ ރުހުން ހޯދުމެއްނެތި އަސްކަރީ ފިޔަވަޅުތައް އަޅުއްވާފައެވެ. އަދި މިއީ 'ވޯ ޕަވަރސް އެކްޓް' އާ ޚިލާފު އަމަލެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. މި ގާނޫނު ބުނާގޮތުން، އެމެރިކާގެ ސިފައިން ހަނގުރާމައެއްގައި ބައިވެރިވާތާ 60 ދުވަސް ހަމަވުމުގެ ކުރިން، ކޮންގްރެސްގެ ރަސްމީ ހުއްދަ ރައީސް ހޯއްދަވަންޖެހެއެވެ.
ވައިޓް ހައުސްއިން މި ހަނގުރާމައާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަށް ދިފާއުވަމުންދާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި ކޮންގްރެސްގައި މި ފައިސާއާ ގުޅޭގޮތުންނާއި، ހަނގުރާމައިގެ ގާނޫނީ ސައްހަކަމާ މެދު ބަހުސްތައް ކުރިއަށްދާނެ ކަމަށް ބ

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު