އެމެރިކާގެ ކަނާތުފިޔައިގެ ސިޔާސީ އެކްޓިވިސްޓް، ވިޔަފާރިވެރިޔާ ،ޗާލްސް ޖޭމްސް ކިރްކު (ޗާލީ ކިރްކު) މަރާލި ކަމުގެ ތުހުމަތު ކުރެވޭ ޓައިލާ ރޮބިންސަންގެ މައްސަލައިގައި، ޔޫޓާގެ ފަނޑިޔާރަކު މީގެ ކުރިން ނިންމެވި ނިންމެވުން ބަދަލުކޮށް، މައްސަލައިގެ ހެއްކެއްގެ ގޮތުގައި ސަވައިލަންސް ވީޑިއޯ ފޫޓޭޖް ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ. ނަމަވެސް، އެ ވީޑިއޯގައި ހިމެނޭ ބައެއް މަންޒަރުތައް އެކަށީގެންވާ ގޮތެއްގައި އުނިކޮށްފައި ނުވާތީ، އެ މަންޒަރުތައް އާންމުންނަށް ނުވަތަ މީޑިއާއަށް ނުދެއްކުމަށް ފަނޑިޔާރު ވަނީ އަމުރުކޮށްފައެވެ.
ޕްރޮވޯގައި ކުރިއަށްދާ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުގެ ވަކީލުން މަސައްކަތް ކުރަމުންދަނީ މި މައްސަލައަކީ ޝަރީއަތަށް ފޮނުވޭނެ ފަދަ އެކަށީގެންވާ ހެކި ހުރި މައްސަލައެއްކަން ސާބިތުކޮށްދިނުމަށެވެ. ރޮބިންސަންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، ދައުލަތުން ވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ހިމެނޭ ވީޑިއޯއަކީ އެކި ދިމަދިމާލުން ނަގާފައިވާ މަންޒަރުތަކެއް އެއްކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. ދައުލަތުން ބުނާ ގޮތުގައި، މި ވީޑިއޯ ބޮޑުކޮށްގެން (ޒޫމްކޮށްގެން) ބެލުމުން ހާދިސާ ހިނގި ގޮތް އިތުރަށް ސާފުވެގެންދެއެވެ. ނަމަވެސް، ދިފާއީ ވަކީލުން ވަނީ މި ވީޑިއޯ އާންމުވުމުން އިންސާފުވެރި ޝަރީއަތެއް ހޯދުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އިއުތިރާޒުކޮށްފައެވެ.
ފަނޑިޔާރު ޓޯނީ ގްރާފް ނިންމެވި ގޮތުގައި، މި ވީޑިއޯ ހެއްކެއްގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނެއެވެ. އެކަމަކު، މި ވީޑިއޯ ބެލުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ފަނޑިޔާރަށާއި މައްސަލައިގައި ހިމެނޭ ވަކީލުންނަށް އެކަންޏެވެ. ކޯޓުގައި ތިބި އާންމުންނާއި މީޑިއާއަށް މި މަންޒަރުތައް ނުފެންނާނެ ގޮތަށް ކޯޓުގެ މޮނިޓަރުތަކުން އެ ވީޑިއޯ ވަނީ ނުދައްކާ ހިފަހައްޓާފައެވެ.
ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ހާދިސާ ހިނގި ދުވަހު ޔޫޓާ ވެލީ ޔުނިވާސިޓީގެ ކެމްޕަހުން ރޮބިންސަން ފެނިފައިވެއެވެ.
ހާދިސާގެ ކުރިން އޭނާ ކޮރުޖަހަމުން ހިނގާފައި ދިޔަ ނަމަވެސް، ހާދިސާއަށްފަހު އާދައިގެ ގޮތަކަށް ހިނގާފައި ދިޔަކަން ވީޑިއޯއިން ފެންނަ ކަމަށް ފުލުހުން ބުނެއެވެ. މިއީ އޭނާ ހަތިޔާރު ފޮރުވައިގެން އުޅުމަށްފަހު އެ ނައްތާލުމުން އައި ބަދަލެއް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި އިތުރު ހެކިތަކުގެ ގޮތުގައި ޑީއެންއޭ އެނަލިސިސް، އޮޓޮޕްސީ ރިޕޯޓްތައް އަދި ރޮބިންސަންއާ އެކު ކުރިން އުޅުނު މީހެއްގެ ހެކިބަސް ހިމެނޭނެ ކަމަށް ބެލެވެއެވެ. ޗާލީ ކިރްކުގެ އާއިލާގެ މެންބަރުންވެސް މި އަޑުއެހުމުގައި ބައިވެރިވެފައިވެއެވެ.
ރޮބިންސަންގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުމާއި، ހަނގުރާމަވެރި ހަތިޔާރު ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމުގެ އިތުރުން ހެކިންނަށް ނުފޫޒު ފޯރުވުން ހިމެނެއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ކިރްކުގެ ސިޔާސީ ފިކުރާ ގުޅިގެންނެވެ.
މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދިވެސް އޮތީ ކުރިއަށެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު