ނޭޓޯގެ ބައިވެރި ގައުމުތަކުން އިއްޔެ ވަނީ ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް ބޮޑު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޒަމާނީ ޖާސޫސީ ޑްރޯންތަކާއި، މަތިންދާބޯޓުތަކާއި، މިސައިލް ނިޒާމުތަކުގެ އިތުރުން އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ހިމެނެއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވިދާޅުވީ، މިއީ ގައުމުތަކުގެ އަސްކަރީ ބަޖެޓް ބޮޑުކުރުމުގެ ނަތީޖާ އަމަލީ ގޮތުން ފެންނަން ފަށާފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން އިއްތިހާދުގެ ތެރޭގައި ވަރުގަދަކުރުމެވެ.
ޔޫރަޕްގެ ގައުމުތަކުން އެމީހުންގެ ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް އެމެރިކާއިން އަންނަނީ ބާރުއަޅަމުންނެވެ. މި އެއްބަސްވުންތަކަކީ ޔޫރަޕްގެ ގައުމުތަކުން އެ ޒިންމާ ނަގަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ނަމަވެސް، މި ބައްދަލުވުމުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ވަނީ އަލުން ނުތަނަވަސްކަން އުފެދިފައެވެ. ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑަކީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަންޖެހޭ، އިސްތިރާޖީ ގޮތުންނާއި ގުދުރަތީ މުއްސަނދިކަމުގެ ގޮތުން މުހިންމު ތަނެއް ކަމަށެވެ.
ޑެންމާކުގެ ސަރުކާރުން ވަނީ މި ވާހަކަތަކަށް ވަގުތުން ރައްދު ދީފައެވެ. އެ ގައުމުން ބުނީ ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށާއި، އެތަނުގެ މުސްތަގުބަލު ނިންމާނީ ހަމައެކަނި އެތަނުގެ ރައްޔިތުން ކަމަށެވެ. މި ހިޔާލުތަފާތުވުމުގެ ސަބަބުން ނޭޓޯގެ ދެ ބައިވެރިންގެ މެދުގައި ވަނީ ޑިޕްލޮމެޓިކް ހޫނު ބަހުސްތަކެއް އުފެދިފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޓޯގެ އިސްވެރިން ވަނީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތަކެއް ހުުރި ނަމަވެސް، ނޭޓޯގެ މައިގަނޑު އަމާޒަކީ ޔޫކްރެއިނަށް އެހީތެރިވުމާއި، މެންބަރު ގައުމުތަކުގެ ދިފާއީ ބާރު ވަރުގަދަކުރުން ކަމަށެވެ. މިއަދު އިޢުލާނުކުރި އެއްބަސްވުންތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު