ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް
އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަކަމަށެވެ. އަދި އަންނަ މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށައި، ދުނިޔެއާއި ރާއްޖެ ގުޅުވާލަދޭނެކަމަށް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވިއެވެ. ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 12 އެއަރލައިނަކުން ދަތުރުތައް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އޭރޯފްލޮޓް، އެއަރ އިންޑިއާ، ބްރިޓިޝް އެއަރވޭސް، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް ހިމެނެއެވެ.

މީގެއިތުރުން އިންޑިގޯ، ޤަތަރު އެއަރވޭސް، ސްޕައިސްޖެޓް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިންގެ އިތުރުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުންވެސް ބައިނަލްއަޤްވާމީ މަންޒިލްތަކާއި ރާއްޖެއާއި ދެމެދު ދަތުރު ކުރެއެވެ. މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަމަހުގެ ތެރޭގައިވެސް ރާއްޖެއަށް ގިނަ އެއަރލައިންތަކަކުން ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އޭގެތެރޭގައި ނޯޑްވިންޑް، އަޒުރު އެއަރ ރަޝިއާ، ގޯއެއަރ، ޗައިނާ ސަދަން އެއަރލައިން، ފްލައި ދުބާއީ، ގަލްފް އެއަރ، ލުފްތަންސާ އަދި އޮސްޓްރިއަން އެއަރލައިން ހިމެނެއެވެ. ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ގިނަ އެއަރލައިންތަކަކުންވެސް ޑިމާންޑްއަށް ބެލުމަށްފަހު ފްލައިޓްތަކުގެ އަދަދު ވެސް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި އޭރޯފްލޮޓް އަދި އެމިރޭޓްސްއިންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަން މިހާރު ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އައްސެ

27-Oct-2020

އަރާދަ ކުރެއްވިއްޔާ ކުރިޔައް އޮތީ އުފާވެރި ދުވަސް ތަކެއް


-2

އަލީ

27-Oct-2020

ވަރައް އުފާވެރި ހަބަރެއް



ޓްރެންޑިން