އަލީ ރަމީން ބިން ގާސިމް
އަލީ ރަމީން ބިން ގާސިމް
މާލެއިން ކަރަންޓް ކެނޑުމާއި މަގުތަކުގައި ފެންބޮޑުވުމަކީ ވެރިކަމާ ގުޅުންއޮތް ކަމެއް ނޫންކަން މިހާރު ހާމަވަމުންދާކަމަށް ލަވަ ކިޔުން ހުއްޓާލުމަށްފަހު އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރާ އަލީ ރަމީޒް ބިން ގާސިމް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއިން ކަރަންޓް ކެނޑުމާއި ވާރޭވެހޭ ވަގުތު މަގުތަކުގައި ފެންބޮޑުވުމަކީ އެ އިރެއްގައި އޮންނަ ވެރިކަމަކާ ގުޅުން ހުންނަ ކަންތައްތަކެއް ނޫންކަމަށެވެ. އަދި އެކަން މިހާރު ފެންނަމުންދާކަމަށް ވެސް އަލީ ރަމީޒް ވިދާޅުވިއެވެ.



އަލީ ރަމީޒް މިގޮތަށް ޓްވީޓްކޮށްފައި މިވަނީ އިއްޔެ މާލެއިން ފަސް ގަޑިއިރަށް ކަރަންޓް ކެނޑުނު ދަނޑިވަޅުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ހިނގާ މިފަދަ ކޮންމެ ކަމަކާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން މާގިނައިން ވާރެވެހި މަގުތަކުގައި ފެންބޮޑުވިޔަސް، އިދިކޮޅު ފަރާތްތަކުން އެކަމުގެ ޒިންމާ އަޅުވަނީ ސަރުކާރުގެ ބޮލުގައެވެ. ކަރަންޓު ކެނޑުނަސް ރައީސް ޔާމީނާއި އޭރުގެ ވެރިންގެ އިސްތަށިފުޅުގައެވެ. ތަނެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ސަރުކާރުގެ ސުންޕާ ކަމުން ކަމުގައެވެ.

އެހެންކަމުން އަލީ ރަމީޒު މިއަދު މިވާހަކަތައް ހަނދާން ކޮށްދީފައި މިވަނީ އޭރުގެ ވާހަކަތަކާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން