ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް
ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް އިތުރު ބާރުތައް ލިބިދެވޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާނޫނުހަދާ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސަށްފަހު ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް އިތުރު ބާރުތައް ލިބިދެވޭ ގޮތަށް ފާސްކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިޔާއާއި ފަނޑިޔާރުން އައްޔަނުކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް އޮތް ބާރުވަނީ ރައީސްގެ ބާރެއްގެ ގޮތަށް ބަދަލުކޮށްފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރުގެ މެދާހަމައަށް ދިޔުމުން ރައީސް ބޭނުންފުޅުވެއްޖެ ހިނދެއްގައި މަޖިލީސް އުވާލުމުގެ ބާރުވެސް ސްރީލަންކާގެ ރައީސަށް ލިބިދޭނެއެވެ.

ޤާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން އިދިކޮޅު މަޖިލީސް މެންބަރުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެގޮތުން ރައީސަށް އިތުރު ބާރުތައް ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި އެކަމުގެ ސަބަބުން ރާޖަޕަކްސަ ޢާއިލާގެ ނުފޫޒު ޤައުމުގައި އިތުރުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސްރީ ލަންކާގެ ރައީސްގެ މަޤާމުގައި ހުންނެވީ ގޮތަބަޔަ ރާޖަޕަކްސައެވެ. އަދި ބޮޑުވަޒީގެ މަޤާމުގައި ހުންނެވީ އެމަނިކުފާނުގެ ބޭބޭފުޅުން މަހިންދަ ރާޖަޕަކްސައެވެ. ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު ޤާނުނު ހަދާ މަޖިލީހަށް ލިބިދޭ ބައެއް ބާރުތައް އަލުން ނަންގަވާ ރައީސަށް ލިބިދޭ ބާރުތައް ފުޅާކުރައްވާނެކަމަށް އިތުރުކުރައްވާނެކަމަށް މީގެކުރިން މަހިންދަ ތާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން